|
މަޤާމް:
|
މިސްކިތު އެސިސްޓެންޓް (ކޮންޓްރެކްޓް)
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
މުއްދަތު:
|
3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް
|
|
ސެކްޝަން / ޔުނިޓް:
|
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ނ. ހޮޅުދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ މިސްކިތްތައް
|
|
މުސާރަ:
|
މަހަކު 7,530.00 ރުފިޔާ
|
|
މަޤާމުގެ އެލަވަންސް:
|
މަހަކު 1,935.00 ރުފިޔާ
|
|
ޙާޟިރީ ޢިނާޔަތް:
|
ޙާޟިރުވާ ކޮންމެ ނަމާދަކަށް: ފަތިސް ނަމާދު (-/55 ރުފިޔާ) މެންދުރު،ޢަޞްރު،މަޣްރިބް،ޢިޝާ (ކޮންމެ ނަމާދަކަށް -/25 ރުފިޔާ)
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ކައުންސިލް އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން
- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަރވައިޒަރގެ ލަފާޔާ އިރުޝާދުގެމަތިން ކުރުން
- ކޮންމެ ނަމާދަކަށް މިސްކިތް ތައްޔާރުކުރުމުގެ ގޮތުން މިސްކިތް ފޮޅާ ސާފުކުރުމަށް ނަމާދުގެ ކުރިން 15 މިނިޓް އަދި ނަމާދުގެ ފަހުން 15 މިނިޓް ހޭދަކުރުން.
- މިސްކިތް ފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަނޮޅުމާއި ކުނިއުކާލުން.
- މިސްކިތުގެ ހުރިހާ ބިއްލޫރިއާއި ދޮރުތަކާއި، ދޮރުފަތްތައް އަދި ފެންލައިޓްތަކާއި ހޮޅިބުރި، ފަންކާ، ކަބަޑްތައް ފޮހެ ސާފުކުރުން. އަދި ފަންކާތަކާއި ލައިޓްތައް ދިއްލުމާއި ނިއްވުން.
- މިސްކިތުގެ ހުރިހާ ޓައިލްސް، ކާޕެޓް،މާބުލްތައް މޮޕްއަޅާ ސާފުކުރުން.
- މިސްކިތާއި މިސްކިތު ގޯތިތެރޭގައި ހުންނަ ޢިމާރާތްތަކުގެ ފުރާޅުތަކާއި ދިޔަދޮވިތައް ސާފުކުރުން.
- ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައް ކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން.
- މިސްކިތުގެ ވަޅުދިޔަ ހިއްކާ ސާފުކުރުން.
- މީގެއިތުރުންވެސް މިސްކިތާ ގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
- 1. ލިޔަންކިޔަން އެގުން
ނޯޓް:
ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:
- ސްކްރީނިންގ މަރުޙަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާ އޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެން
ނުވަތަ
- ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
ނުވަތަ
- ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގާދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
ނުވަތަ
- 2. މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
- ކުނިކަހާ ފޮޅާ ސާފުކުރުމުގެ މަސައްކަތް
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- - ލިބިފައިވާ ތަޢުލީމާއި ތަމްރީން.
- - ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް ކުރެވޭ އިންޓަވިއު.
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ނ.ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދުދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށްއެދޭ ފޯމް ބަލައިގަނެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:
|
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 23 އޮގަސްޓް 2026 އާއި 30 އޮގަސްޓް 2026 އާއި ދެމެދު ނ.ހޮޅުދޫ ކައުންސިލްގެ އިދާރާގައެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް (މިފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- އައިޑީކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
|
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިއިދާރާގެ 6560009 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|