ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HMS/1/2026/74
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 15:19
ސުންގަޑި: 18 އޮގަސްޓް 2026 16:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ރިކަވަރީ އެކްޝަން (ޕީ. އެސް. ރޭންކް 7 )
ބޭނުންވާ އަދަދު :1
މަޤާމް :ސީނިއަރ ޓެކްސް އޮފިސަރ، ޓެކްސް އެކަޑަމީ (ޕީ. އެސް. ރޭންކް 7)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ، ރިކަވަރީ އެކްޝަން (ޕީ. އެސް. ރޭންކް 7 )

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ރިކަވަރީ ޑިޕާޓްމަންޓް / ރިކަވަރީ އެކްޝަން ޑިވިޜަން

އަސާސީ މުސާރަ:

މަހަކު -/12,365 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު -/5,770 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/155  ރުފިޔާ (ހާޒިރުވާ ދުވަހަކަށް)

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާއަށް ލިބެންޖެހޭ ޓެކުހާއި އަދި އެހެނިހެން ފައިސާ ނުދައްކާ ފަރާތްތަކުން އެ ފައިސާ ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، ފައިސާ ނުދައްކާ އަދި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޓެކްސް ދައްކާ ފަރާތްތަކަށް އަނބުރާ ދޭންޖެހޭ ފައިސާ ދިނުމުގެ މަސައްކަތް ކުރުން.

ޝަރުޠު:

- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

- އޭ.ސީ.ސީ.އޭ އެފިލިއޭޓް ފެންވަރު ހާސިލްކޮށްފައިވުން. ނުވަތަ،

- ސީމާ ސްޓްރެޓީޖިކް ލެވެލް ފުރިހަމަކޮށްފައިވުން.

 

(މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް: ޓެކްސޭޝަން، ޓެކްސޭޝަން ސްޓަޑީޒް، ޓެކްސް ޕޮލިސީ، ޓެކްސް އެޑްމިނިސްޓްރޭޝަން، ޓެކްސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ޓެކްސޭޝަން، ޓެކްސޭޝަން ލޯ، ޓެކްސް އިކޮނޮމިކްސް، ޕަބްލިކް ފައިނޭންސް، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް މާކެޓްސް، ފައިނޭންޝަލް ޕްލޭނިންގ، ބޭންކިންގ، އިސްލާމިކް ފައިނޭންސް، އިސްލާމިކް ބޭންކިންގ ފައިނޭންސް، ފައިނޭންޝަލް އިންޖިނިއަރިންގ، ފައިނޭންޝަލް އިކޮނޮމިކްސް، ކޮމަރސް، ބިޒްނަސް، ފޮރެންސިކް އެކައުންޓިންގ އަދި ޑޭޓާ ގަވަރނަންސް.)

 

މަގާމު:

ސީނިއަރ ޓެކްސް އޮފިސަރ،ޓެކްސް އެކަޑަމީ (ޕީ. އެސް. ރޭންކް 7)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ޓެކްނިކަލް، އެންގޭޖްމަންޓް އެންޑް އެޑިއުކޭޝަން ޑިޕާޓްމަންޓް / ޓެކްސްޕޭޔަރ އެޑިއުކޭޝަން ޑިވިޜަން / ޓެކްސް އެކަޑަމީ

އަސާސީ މުސާރަ:

މަހަކު -/12,365 ރުފިޔާ

މަގާމުގެ އެލަވަންސް:

މަހަކު -/5,770 ރުފިޔާ

ހާޒިރީ ޢިނާޔަތް:

-/155  ރުފިޔާ (ހާޒިރުވާ ދުވަހަކަށް)

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

އާންމުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާބެހޭ މައުލޫމާތު ދިނުމަށް ސެމިނަރތަކާއި، ތަމްރީނު ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ރާވައި ހިންގުމާއި ޓެކްސް އޭޖެންޓުންގެ ދަފްތަރު ތައްޔާރުކޮށް ބެލެހެއްޓުމާއި އަދި ޓެކްސް އޭޖެންޓުންނާއި އެ ނޫންވެސް ކަމާބެހޭ ފަންނީ ފަރާތްތަކަށް ހުއްދަ ދިނުމާއި އެ ފަރާތްތައް މޮނީޓަރކުރުމާއި ތަމްރީނު ކުރުން.

ޝަރުޠު:

- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

- އޭ.ސީ.ސީ.އޭ އެފިލިއޭޓް ފެންވަރު ހާސިލްކޮށްފައިވުން. ނުވަތަ،

- ސީމާ ސްޓްރެޓީޖިކް ލެވެލް ފުރިހަމަކޮށްފައިވުން.

 

(މަގާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް: ޓެކްސޭޝަން، ޓެކްސޭޝަން ސްޓަޑީޒް، ޓެކްސް ޕޮލިސީ، ޓެކްސް އެޑްމިނިސްޓްރޭޝަން، ޓެކްސް މެނޭޖްމަންޓް، އިންޓަނޭޝަނަލް ޓެކްސޭޝަން، ޓެކްސޭޝަން ލޯ، ޓެކްސް އިކޮނޮމިކްސް، ޕަބްލިކް ފައިނޭންސް، ފައިނޭންސް، އެކައުންޓިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، ފައިނޭންޝަލް މެނޭޖްމަންޓް، ފައިނޭންޝަލް މާކެޓްސް، ފައިނޭންޝަލް ޕްލޭނިންގ، ބޭންކިންގ، އިސްލާމިކް ފައިނޭންސް، އިސްލާމިކް ބޭންކިންގ ފައިނޭންސް، ފައިނޭންޝަލް އިންޖިނިއަރިންގ، ފައިނޭންޝަލް އިކޮނޮމިކްސް، ކޮމަރސް، ބިޒްނަސް، ފޮރެންސިކް އެކައުންޓިންގ އަދި ޑޭޓާ ގަވަރނަންސް.)

 

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

-  އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.

-  މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

-  މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.

-  މި އިއުލާނުން އިއުލާނުކޮށްފައިވާ މަގާމެއްގެ ރެކްރޫޓްމަންޓް މުއްދަތުގެ ތެރޭގައި އެ ލެވެލްގެ އިތުރު މަގާމެއް ހުސްވެއްޖެނަމަ މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަލަށް ހުސްވާ މަގާމަށް މުވައްޒަފަކު ނެގިދާނެއެވެ.

-  އިޢުލާނުކޮށްފައިވާ މަގާމުގެ ބޭންޑްގެ ތެރޭގައި ހިމެނޭ މަގާމެއްގައި ހުރި މީރާގެ މުވައްޒަފަކު މި އިޢުލާނަށް ކުރިމަތިލައި ހޮވިއްޖެނަމަ، މި އިޢުލާނުގެ ތެރެއިން އެ މުވައްޒަފުގެ ވަޒީފާ ހަމަޖެއްސިގެންދާނީ މުވައްޒަފު ހުރި މަގާމުންނެވެ.

 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 އޮގަސްޓް 2026 ގެ 16:00 ކުރިން މީރާގެ ވެބްސައިޓް މެދުވެރިކޮށް

Job Application Form އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

                                                          

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

 

28 ޞަފަރު 1448

11 އޮގަސްޓު 2026

11 އޮގަސްޓް 2026