މަސައްކަތް
ނަންބަރު: (IUL)TAH-A/INDIV/2016/3
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:30
ސުންގަޑި: 15 ފެބުރުވަރީ 2016 13:00
ތ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި، ހޮސްޕިޓަލް ހިމެނޭ މަގުމަތީ ސަރަޙައްދު ފޮޅައި ސާފުކުރުން

އިޢުލާން

ތ. އަތޮޅުހޮސްޕިޓަލުގެ ގޯތިތެރޭގައިވާ އިމާރާތްތަކާއި، ގޯތިތެރެއާއި ހޮސްޕިޓަލް ހިމެނޭ މަގުމަތީސަރަޙައްދު ފޮޅައި ސާފުކުރުން.

މި ހޮސްޕިޓަލްގެ ނަންބަރު: IUL)TAH-A/INDIV/2016/1) އިޢުލާން ބާޠިލުކޮށް، އަލުން ތ. އަތޮޅުހޮސްޕިޓަލުގެ ގޯތިތެރެއާއި ހޮސްޕިޓަލް ހިމެނޭ ސަރަޙައްދު އަމިއްލަ ތަކެތީގައި ކުނިކަހައި، ފޮޅައިސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ، ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 13:00އަށް މިހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށްޓަކައި 2016 ފެބުރުވަރީ 21 ވާ އާދީއްތަ ދުވަހުގެ 13:00އަށް މިހޮސްޕިޓަލްގެ އޮފީހަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓް ބަލައެއް ނުގަނެވޭނެއެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ރަޖިސްޓަރީގައި ވިޔަފާރި ރަޖިސްޓަރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބުތައްވެސް ބަލައެއްނުގަނެވޭނެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އަންދާސީހިސާބާއި، މަޢުލޫމާތު ހޯއްދެވުމަށް ހާޒިރުވާނަމަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީ އަދި ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ފޮނުއްވެވުން އެދެމެވެ.

ތިރީގައި މިވަނީ މި ބީލަން ކާމިޔާބު ކުރާނެ ފަރާތެއް ހޮވުމުގައި ޕޮއިންޓްދެވޭނެ މިންގަނޑުތަކެވެ.

     1. ހުށަހަޅާ ޕްރޮޕޯޒަލް (މަސައްކަތް ކުރިއަށްގެންދާނެގޮތުގެ ލިޔުންތައް)    25 ޕޮއިންޓް

     2. ބީލަން ހުށަހަޅާ ފަރާތުގެ ތަޖުރިބާ                      10 ޕޮއިންޓް

     3. ބީލަން ހުށަހަލާފަރާތުގެ ފައިނޭންޝަލް ކެޕެބިލިޓީ              05 ޕޮއިންޓް

     4. މަސައްކަތް ކުރުމަށް ހުށަހަޅާ އަގު                     55 ޕޮއިންޓް

     5. ހޮސްޕިޓަލަށް މަސައްކަތުގެ އިތުރުން ކޮށްދެވޭނެ ކަންތައް         05 ޕޮއިންޓް

       ޖުމްލަ:                                    100 ޕޮއިންޓް

08 ފެބުރުވަރީ 2016