ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)179-5/179/2026/5
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 15:04
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ފޭސްބުކްގައި ސީއެމްޑީއޭގެ ނަމާއި ނިޝާން ނަހަމަ ގޮތުގައި ބޭނުންކުރަމުންދިއުމާ ގުޅޭ

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ނަމާއި، ނިޝާނާއި، އަދި މި އޮތޯރިޓީން ހުއްދަދީފައިވާ އެކި މުއައްސަސާތަކުގެ ބްރޭންޑިންގ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ފޭސްބުކް ޕޭޖެއް  މި ލިންކް: /https://www.facebook.com/share/p/1EMvGyR2d3 މެދުވެރިކޮށް ހިންގަމުންދާކަން އިންވެސްޓަރުންނާއި  ޢާންމުންގެ ސަމާލުކަމަށް  މި އޮތޯރިޓީން ގެންނަން ބޭނުންވެއެވެ.

ބަޔާންކުރެވިފައިވާ ފޭސްބުކް ޕޭޖަކީ ސީއެމްޑީއޭގެ ރަސްމީ ޕޭޖެއް ނޫންކަމަށާއި އަދި މިއީ ސީއެމްޑީއޭ އިން ހަދާފައިވާ، ހުއްދަދީފައިވާ، ތާއީދުކޮށްފައިވާ ނުވަތަ ހިންގާ ޕޭޖެއް ނޫނެވެ. މީގެ އިތުރުން، މި ޕޭޖާ ގުޅުންހުރި އެއްވެސް ފަރާތަކަށް ނުވަތަ ޖަމާޢަތަކަށް، ސީއެމްޑީއޭގެ ފަރާތުން ވާހަކަދެއްކުމަށް، މުޢާމަލާތްކުރުމަށް ނުވަތަ އެއްވެސް ވިޔަފާރިއެއް ހިންގުމުގެ ހުއްދަ ދީފައިވާ ފަރާތެއް ނޫންކަމުގައި ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

މި ޕޭޖުގައި މި އޮތޯރިޓީގެ ނަމާއި ނިޝާން އަދި މި އޮތޯރިޓީ އިން ހުއްދަދީފައިވާ ކުންފުނިތަކުގެ ބްރޭންޑިންގ ބޭނުންކޮށްފައިވަނީ ގަސްތުގައި ޢާންމުންނަށް އޮޅުވާލުމަށެވެ. އެހެންކަމުން، އިންވެސްޓަރުންނާއި ޢާންމު ރައްޔިތުން މިކަމަށް ނުހަނު ސަމާލުވުމަށާއި، މި ޕޭޖާ އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި، އަމިއްލަ އެއްވެސް މަޢުލޫމާތެއް ހިއްސާ ނުކުރުމަށާއި، އަދި މި ޕޭޖުގައިވާ އެއްވެސް މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ޢަމަލުނުކުރުމަށް އިލްތިމާސްކުރަމެވެ.

މި ފަދަ ޢަމަލުތައް ބޭނުންކުރުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސީއެމްޑީއޭ އިން އަޅަމުންދާކަން އެންމެހައި ފަރާތްތަކުގެ މަޢުލުމާތައް ޓަކައި ދަންނަވަމެވެ. އަދި ކެޕިޓަލް މާކެޓާގުޅޭ ސައްހަ މަޢުލޫމާތާއި، ރަސްމީ އިޢުލާންތަކާއި، އަދި ހުއްދަދީފައިވާ މާކެޓް ބައިވެރިންގެ ލިސްޓު ބެއްލެވުމަށް، ސީއެމްޑީއޭގެ ރަސްމީ ވެބްސައިޓް ް ް https://cmda.gov.mvއަށް ޒިޔާރަތްކުރެއްވުން އެދެމެވެ.

ކެޕިޓަލް މާކެޓާގުޅޭ ގޮތުން އެއްވެސް ބާވަތެއްގެ ޝައްކުކުރެވޭ ކަމެއް ނުވަތަ އޮޅުވާލުމުގެ ގޮތުން މީސްމީޑިޔާ މެދުވެރިކޮށް ހިންގާ ކަމެއް ފާހަގަކުރެވިއްޖެނަމަ މި އޮތޯރިޓީއަށް ރިޕޯޓް ކުރެއްވުމަށް ދަންނަވަމެވެ. 

11 އޮގަސްޓް 2026