ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)KRH/PLD/2026/64
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 20 އޮގަސްޓް 2026 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ފަރުނީޗަރާއި، އެކްސެސް ކޮންޓްރޯލަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބައެއް ފަރުނީޗަރާއި، އެކްސެސް ކޮންޓްރޯލަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. މި އިޢުލާނާ ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު މި އިޢުލާނުގެ އެޓޭޗްމަންޓްސްގައި ހިމެނިފައި ވާނެއެވެ.

 ވީމާ، މި މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް https://forms.gle/VwF9ep1NcHbwngkz8 މެދުވެރިކޮށް 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުން ފެށިގެން 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
  3. ފޯމު ފުރިހަމަ ކުރެއްވުމުން ކޮންފޮމޭޝަން މެސެޖް އީ-މެއިލްގެ ޒަރީއާއިން ލިބި ނުލައްވާނަމަ، ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު 6524029 / 6528180 އަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
  4. މި ބީލަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު، މި އިޢުލާނުގެ އެޓޭޗްމަންޓްސްގައި ހިމެނިފައިވާނެ އެވެ.
  5. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާނަމަ 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުން ފެށިގެން 23 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެހުމަށްފަހު، އީ-މެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
  6. ބީލަން ހުށަހެޅުމަށް އެނެކްސް 2 ގައިވާ "ބީލަން ހުށަހަޅާ ފޯމު" ފުރިހަމަ ކުރައްވާ ހުށަހަޅަން ވާނެއެވެ.
  7. ބީލަން ހުށަހެޅުމުގައި މި ބީލަމާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
  8. ބީލަން ހުށަހަޅާއިރު ހުށަހަޅަންވާނީ ބީލަން ހުށަހެޅުމަށް އިރުޝާދު ދެވިފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ.
  9. ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

 

ބީލަން ހުށަހެޅުން

  • ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)          
  • ތާރީޚް: 24 އޮގަސްޓް 2026 ވާ ހޯމަ ދުވަސް
  • ގަޑި: 11:00 ގައި

 

11 އޮގަސްޓް 2026