މަސައްކަތް
ނަންބަރު: (IUL)260/260/2016/9
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި:
16 ފެބުރުވަރީ 2016 10:00
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަށިކޯޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން
އިޢުލާން
މިރަށުގައި ސަރުކާރުން ހައްދަވައިދެއްވާ ބަށިކޯޓު ހެދުމުގެ މަސައްކަތް، މި އިދާރާއިން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
29 ރަބީޢުލްއާޚިރު 1437
08 ފެބުރުވަރީ 2016