ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)413/413/2026/34
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 20 އޮގަސްޓް 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (މިސްކިތު މަސައްކަތު)

`

 

 

ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލް އިދާރާ

  ގއ.ގެމަނަފުށި 

ދިވެހިރާއްޖެ                   

                     ނަންބަރު: (IUL)413/413/2026/34

 

އިޢުލާނު

 

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް (މިސްކިތު މަސައްކަތު)

 

މަޤާމުގެ ނަންބަރު:

J-403376, J-403377, J-403378, J-403379, J-403380

 

ބޭނުންވާ އަދަދު:

05

 

މަޤާމުގެ ގިންތި:

ދާއިމީ

 

މަޤާމުގެ ރޭންކު:

SS1

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދު އަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ

 

އަސާސީ މުސާރަ:

-/7530

 

މަޤާމުގެ އެލަވަންސް:

-/1935

 

ހާޒިރީ ޢިނާޔަތް (ކޮންމެ ނަމާދަކަށް:

ފަތިސް

މެންދުރު

އަސްރު

މަޣްރިބް

ޢިޝާ

-/55ރ

-/25ރ

-/25ރ

-/25ރ

-/25ރ

 

 

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލް އިދާރާއިން ހަމަޖައްސާ މިސްކިތަކަށް ފަރުޟު ފަސްނަމާދުގެ ވަގުތު ޖެހުމުގެ 15 މިނިޓް ކުރިން ޙާޟިރުވެ، ކޮންމެ ނަމާދު ވަގުތަކަށް މިސްކިތުގެ އެތެރެއާއި، މިސްކިތުގެ އިސްކުރުބަރިއާއި، މިސްކިތުގެ ފާޚާނާތަކާއި އިސްކުރުބަރި ސާފުކުރުން.
  2. ކޮންމެ ނަމާދުވަގުތަކަށް ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް އޭސީ ޖެއްސުމާއި ނިއްވުމާއި ފަންކާ ޖެހުމާއި، ދިއްލަންޖެހޭ ބޮކިތައް ދިއްލުމާއި، ނަމާދު ނިމުމުން ފަންކާތައް ނިއްވައި ނިއްވަން ޖެހޭ ބޮކިތައް ނިއްވުން.

 

  1. ނަމާދުކޮށް ނިމިގެން 15 މިނެޓަށް މަޑުކޮށް އޭސީ ނިއްވުމާއި،ފަންކާތަކާއި، ބޮކިތައް ނިއްވުމާއި، ފާޚާނާތައް ސާފުކުރުން ފަދަ މަސައްކަތްތައްކުރުން.
  2. ދޮރުތައް ހުޅުވަންޖެހޭ މިސްކިތެއް ނަމަ، ކޮންމެ ނަމާދު ވަގުތަކަށް މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ނަމާދު ނިމުމުން ދޮރުތައް ލެއްޕުން.
  3. ކޮންމެ ދުވަހަކު މަދުވެގެން ދެފަހަރު މިސްކިތުގެ ގޯތި ތެރެ ސާފުކުރުން.
  4. ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު މިސްކިތުގެ ވަށައިގެން މަގުފަޅި ކުނިކަހާ ސާފުކުރުން.
  5. ހިރަފުސް ދުވަސްވަރު ކޮންމެ ދުވަހަކު ހަވީރު 5 ގެ ފަހުން މިސްކިތުގެ ގޯތިތެރެއަށާއި، މަގުމައްޗަށް ފެންޖެހުން.
  6. ކޮންމެ ދެދުވަހަކުން އެއްދުވަހު މިސްކިތުގެ އެތެރޭގައި މޮޕްލައި ސާފުކުރުން.
  7. ކޮންމެ ދުވަހަކު 5 ނަމާދު ވަގުތަށް ފާޚާނާތަކާއި، އިސްކުރުބަރިއާއި، ވަޅުދޮށް ސާފުކުރުން.
  8. ކޮންމެ ހަފުތާއަކު 3 ދުވަހު މިސްކިތުގެ ކަބަޑުތައް ފޮޅާ ސާފުކުރުމާއި، ފޮތްތަކުގެ ހިރަފުސް ސާފުކުރުން.
  9. ކޮންމެ ހަފުތާއަކު 3 ދުވަހު މިސްކިތުގެ ދޮރާއި ދޮރުފަތްތައް ސީލިންގތަކާއި ފާރު ފޮޅާ ސާފުކުރުން.
  10. ކޮންމެ ހަފުތާއަކު 3 ދުވަހު މިސްކިތުގެ ދޮރުފަތްތައް ސާފުކުރުން.
  11. ކޮންމެ ހަފުތާއަކު 1 ދުވަހު މިސްކިތުގެ ފަންކާއާއި، ސާފުކުރަން ޖެހޭ އެހެނިހެން އިލެކްޓްރިކް އިލެކްޓޯނިކް އާލާތްތައް ސާފުކުރުން.
  12. ކޮންމެ މަހަކު 1 ފަހަރު މިސްކިތުގެ ވަޅުތަކުގެ ދިޔަހިއްކާ ސާފުކުރުން.
  13. ކޮންމެ މަހަކު 1 ފަހަރު މިސްކިތުގެ ފުރާޅާއި ދިޔަ ދޮވި ސާފުކުރުން.
  14. މިސްކިތުގެ އެތެރެއާއި  މިސްކިތުގެ ގޯތިތެރެއާއި މިސްކިތުގެ މަގުފަޅި ސާފުކުރުމަށްޓަކައި ކޮންމެ ދުވަހެއްގެ ހެނދުނު 6:00 ން 8:30 އަށް 2 ގަޑި 30 މިނެޓް މިސްކިތުގައި މަސައްކަތްކުރުން.
  15. ހުކުރުނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދާއި، ތަރާވީހް ނަމާދު ފަދަ ނަމާދުތަކަށާއި، ދަރުސްތަކަށް މިސްކިތް ތައްޔާރު ކުރުމާއި އެ ނަމާދުތައް ނިމެންދެން މިސްކިތުގައި ތިބުން.
  1. ކޮންމެ ދުވަހަކު މަދުވެގެން 1 ފަހަރު މިސްކިތުގެ ބަގީޗާތައް ފެންދީ ހެއްދުން.
  1. މިސްކިތުގައި ޤާއިމުކޮށްފައިވާ ސައުންޑް ސިސްޓަމާއި އެންމެހައި ކަރަންޓު ސާމާނުތައް ރައްކާތެރިކަމާ އެކު  ބެލެހެއްޓުން.
  2. މިސްކިތުގެ އިކްޕްމަންޓްތަކާއި، ކަރަންޓަށް މައްސަލައެއް ދިމާވޭތޯ ޤަވާޢިދުން ބަލައި މައްސަލައެއް ދިމާވެއްޖެނަމަ އެކަން މުވައްޒަފު ރިޕޯޓްކުރާ އިދާރާގެ ކަމާބެހޭ ސެކްޝަނަށް އަންގައިގެން ހައްލުކުރުމުގެ މަސައްކަތް ކުރުން.
  3. މިސްކިތުގައި ދީނީ ދަރުސް ދިނުން ފަދަ ދީނީ ޕްރޮގްރާމުތަކަށް ބޭނުންވާ އެހީތެރިކަންދިނުން.
  4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ޗެކްކުރުމާއި މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯ ބަލައި، އެ ކަން ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުން.
  5. ކައުންސިލުން ރާވައި ހިންގާ ޙަރަކާތްތަކަށް ގޮނޑި މޭޒު ޖަހަންޖެހޭ ތަންތަނުގައި ގޮނޑި މޭޒު ޖެހުމާއި، އުފުއްލަންޖެހޭ ތަކެތި އުފުއްލުމާއި، ސާފުކުރަންޖެހޭ ތަންތަން ސާފުކުރުމާއި، ޑިއުޓީ އަދާކުރަން ޖެހިއްޖެ ނަމަ ޑިއުޓީ އަދާކުރުމާއި، ދިދަ ޖެހުމާއި ފޮތި ދަމަންޖެހޭ ތަންތަނުގައި ފޮތި ދެމުން ފަދަ އެންމެހައި ހަރަކާތްތަކުގައި ކައުންސިލުން އަންގާ ގޮތެއްގެ މަތީން ބައިވެރިވުން.
  6. ކައުންސިލުން ބާއްވާ އިވެންޓްތައް ފެށިގެން ގޮސް ނިމެންދެން އެ އިވެންޓެއް ހިނގާ ތަނެއްގައި ތިބުމާއި، ބައިވެރިވާންޖެހޭ ކަމެއް ނަމަ، ބައިވެރިވުމާއި، ކިތަންމެ ދަންވާ ފަހުން އެ އިވެންޓެއް ނިމުނަސް އެ އިވެންޓެއް ނިމިގެން ރޫޅައި ސާފުކުރުމުގެ މަސައްކަތުގައި ބައިވެރިވުން.
  7. ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރެއިން ސުޕަވައިޒަރަށް ނުވަތަ ރިޕޯޓުކުރަންޖެހޭ އިދާރާގެ ކަމާގުޅޭ ސެކްޝަނަށް ރިޕޯޓްކުރަންޖެހޭ ކަންކަން ޤަވާޢިދުން އަންގަމުންދިޔުން.
  8. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  9. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އެހީތެރިވުމާއި، ކައުންސިލުގެ ނިންމުންތަކަށް އިޙްތިރާމްކުރުން.

 

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަން އެނގުން

ނުވަތަ

2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ކުނިކަހާ ފޮޅާ ސާފްކުރުމުގެ މަސައްކަތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  6. (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  7. (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  9. (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  10. (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

  1. (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  2. (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  3. (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތުހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮގަސްޓް 2026 ގެ 13:00 ގެ ކުރިން، ގެމަނަފުށީ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 01 ސެޕްޓެމްބަރ 2026 އާއި 03 ސެޕްޓެމްބަރ 2026 އާ ދެމެދު، ގެމަނަފުށީ ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 9991892   ނުވަތަ 7787371  އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

 

28 ޞަފަރު 1448

11 އޮގަސްޓް 2026

11 އޮގަސްޓް 2026