ނީލަން
ނަންބަރު: (IUL)342/INDIV/2026/78
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 21:04
ސުންގަޑި: 20 އޮގަސްޓް 2026 13:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ކުނީގެ ޙިދުމަތަށް ބޭނުން ކުރަމުންދާ 1.5 ޓަނުގެ ސޯޖެން ބްރޭންޑްގެ ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުން

އިޢުލާން 

ކައުންސިލްގެ ކުނީގެ ޙިދުމަތަށް ބޭނުން ކުރަމުންދާ 1.5 ޓަނުގެ ސޯޖެން ބްރޭންޑްގެ ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލުން

                    މިކައުންސިލްގެ ކުނީގެ ޚިދުމަތުގައި މިހާރުވެސް ބޭނުން ކުރަމުންދާ 1.5 ޓަނުގެ ސޯޖެން ބްރޭންޑްގެ ޕިކަޕް ޕިކަޕް ސިޓީލާ ނީލަމުގައި ވިއްކާލަން ޢާންމުކޮށް ފުރުޝަތު ހުޅުވާލަމެވެ. މި ޕިކަޕާބެހޭ މަޢުލޫމާތާއި ފޮޓޯ މި އިޢުލާނާއެކީ އާންމުކޮށްފައިވާނެއެވެ.  

               ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިމިވާ ސިޓީލާ ނީލަމުގެ އުސޫލުން ނީލަމުގައި ބައިވެރިވެދެއްވުމަށް އެދެމެވެ.

                              .........................................................

 

މިއީ، މި ދެންނެވުމު ނީލަން ކުރިއަށް ގެންދިއުމަށް ކަނޑައަޅާ އުސޫލެވެ.

 

  1. ފަށާ އަގު -/150،000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއެވެ.
  2. ސިޓީލާ މިނީލަމުގައި އިތުކުރެވޭނީ މަދުވެގެން -/5000 (ފަސްހާސް) ރުފިޔާއެވެ.
  3. ނީލަމުގެ އަގު ހުށަހަޅަންވާނީ ރަސްމީ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން މިކަމަށް ޙާއްސަކޮށް ކައުންސިލުން ދޫކުރާ ފޯމުންނެވެ. މި ދެންނެވި ފޯމް އިޢުލާނާއެކީ ޢާންމު ކުރެވިފައިވާނެއެވެ. މީގެ އިތުރުން ކައުންސިލްގެ ވެބްސައިޓް  (https://mathiveri.gov.mv/downloads ) އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  4. އަގުހުށަހަޅާ ފޯމްގެ ކައުންޓަރުން ބަލާގަންނާނެއެވެ. އަދި އޮންލައިންކޮށް ހުށަހަޅާނަމަ، މެއިލް ކުރާނީ: [email protected]  މި މެއިލަށެވެ.
  5. މިނީލަމުގައި ޢާންމު ފަރުދުންނާއި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށް ބައިވެރިވެވޭނެއެވެ.
  6. މިނީލަމުގައި ބައިވެރިވާން ފުރަތަމަ ފަހަރަށް ފޯމް ހުށަހަޅާއިރު އައިޑީ ކާޑް ކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
  7. ނީލަން ކުރިއަށްދާނީ 2026 އޯގަސްޓް 9 އިން 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށެވެ.
  8. ވިދިވިދިގެން ރަސްމީ 3 ދުވަސްވަންދެން އަގު ބަދަލުނުވެ، އެއް އަގެގައި ހުރިނަމަ، އެއީ ލިބޭނެ އެންމެ ބޮޑު އަގުކަމަށްބަލާ އެއަގު ހުށަހެޅި ފަރާތަށް ޕިކަޕް ނީލަމުގައި ލިބިގެންދާނެއެވެ.
  9. އެއް އަގެއް އެއް ފަރާތަށްވުރެ ގިނަފަރާތަކުން ހުށަހަޅާފިނަމަ، އެންމެ ފަހުން އެއަގު ހުށަހަޅާ ފަރާތަށް އެއަގު ބަލާ ނުގަނެވޭނެކަމަށް ކައުންސިލުން އެވަގުތު ފޯމް ހިފާގެން އާ ފަރާތަށް އަންގަންވާނެއެވެ.
  10. ކޮންމެ ދުވަހަކުވެސް އެ ދުވަހު ލިބިފައިވާ އެންމެ ބޮޑު އަގު އެދުވަހެއްގެ އޮފީސް ބަންދު ކުރުމުގެ ކުރިން ކައުންސިލްގެ ރަސްމީ ވެބްސައިޓްގައި ޢާންމު ކުރެވޭނެއެވެ.
  11. މިނީލަން ކާމިޔާބު ކުރިފަރާތައް ޕިކަޕް ހަވާލު ކުރެވޭނީ ކައުންސިލާއި އެފަރާތާއި ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުނެވެ.

                    މި ނީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ފޯން ނަމްބަރު 6660058 އަށް ރަސްމީ ދުވަސްތަކު ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                  26ޞަފަރު 1447

                  9 އޯގަސްޓް 2026

09 އޮގަސްޓް 2026