ދިވެހިރާއްޖެ
އިޢުލާން
ތިމަރަފުށީ ބަނދަރު ސަރަހައްދުން ވިޔަފާރި ބޭނުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާ ގުޅޭ
ތިމަރަފުށީ ކައުންސިލްގެ 16/2026/391 ވަނަ ޢާއްމު ޖަލްސާއިން ނިންމަވާފައިވާ ގޮތުގެ މަތިން، މި އިދާރާއިން ކުރިން ކޮށްފައިވާ ނަންބަރު (IUL)391/391/2026/75 އަދި (IUL)391/391/2026/76 އިޢުލާންތައް ބާތިލުކޮށް، އެ ބިންތައް ކުއްޔަށް ދިނުމަށް އަލުން އިޢުލާންކުރުމަށް ވަނީ ނިންމާފައެވެ.
މި އިޢުލާންތައް ބާތިލުކުރަން ޖެހުނު މައިގަނޑު ސަބަބަކީ، ބިން ދޫކުރުމުގައި ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބަޔަށް ބަލައި، އިޖުތިމާޢީ ޒިންމާ (CSR) ގެ ކަންކަން ފުރިހަމަ ގޮތުގައި ހިމެނިފައި ނުވުމާއި، ބިންތައް ކުއްޔަށް ދޭނެ މުއްދަތު ކައުންސިލްގެ ޔައުމިއްޔާއިން ކަނޑައެޅިފައި ނެތުމެވެ.
ވީމާ، މި ދެ ބިމުގެ އިތުރުން މީގެ ކުރިން އިޢުލާން ނުކުރާ ޖެހިގެން އޮތް ބިމާއެކު، ޖުމްލަ 3 ބިން ކުއްޔަށް ދިނުމަށް ބޭނުންވާ CSR މިންގަނޑުތަކާއި ކުއްޔަށް ދޭނެ މުއްދަތު ކައުންސިލުން އަލުން ކަނޑައެޅުމަށްފަހު، އެ ބިންތައް ކުއްޔަށް ދިނުމަށް ވަރަށް އަވަހަށް އަލުން އިޢުލާން ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ، މިވާހަކަ ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.