މަސައްކަތް
ނަންބަރު: 145-SP/2016/23
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 08:24
ސުންގަޑި: 17 ފެބުރުވަރީ 2016 13:30
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
05 މޮޓޯސައިކަލް ފުލްސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

ކްރިމިނަލް ކޯޓުގައި ބޭނުންކުރާ 05 މޮޓޯސައިކަލް ފުލްސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު 02 ވަނަ އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ އެންމެ ފަރާތަކުންކަމަށްވާތީ، 03 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

ވީމާ، މޮޓޯސައިކަލްތައް ސާރވިސްކޮށް ބަލަހައްޓައިދޭން ޝައުޤުވެރިވާ ފަރާތްތަކުން 2016 ފެބުރުވަރީ 17 ވަނަ ދުވަހުގެ 13:30 އަށް ޖަސްޓިސް ބިލްޑިންގުގެ ގްރައުންޑް ފްލޯގައި ހުންނަ ކްރިމިނަލް ކޯޓުގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހޯދަން ބޭނުންވާ ތަކެތީގެ މަޢުލޫމާތު ކްރިމިނަލް ކޯޓުގެ ވެބްސައިޓް www.criminalcourt.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7775608 ނަންބަރާ ގުޅުއްވުން އެދެމެވެ.

30 ރަބީޢުލްއާޚިރު 1437

09 ފެބުރުވަރީ 2016