ދިވެހިރާއްޖެ
(IUL)38-AA/38/2026/738 :ނަންބަރު
އިޢުލާން
އިލެކްޝަންސް ކޮމިޝަނުގެ ހުރި ބައުވެ ހަލާކުވެފައިވާ މުދާ ދެވަނަފަހަރަށް ނީލަންކިޔުން
މި ކޮމިޝަނުގެ ނަންބަރު (IUL)38-AA/38/2026/736 އިޢުލާނާއި އެއްގޮތަށް، ކޮމިޝަނުގައި ހުރި ގިނަ ދުވަސްވެ، ބައުވެ ހަލާކުވެފައިވާ މުދާ، 2026 އޮގަސްޓް 06 ވީ ބުރާސްފަތި ދުވަހު ނީލަން ކިޔުމަށްފަހު، މި މުދަލުގެ ތެރެއިން ނީލަމުގައި ނުވިކި ހުރި މުދާ، ދެވަނަ ފަހަރަށް ނީލަން ކިޔުމަށް ހަމަޖެހިފައިވާތީ، ނީލަން ކިޔުމަށް ހަމަޖެހިފައިވާ މުދަލުގެ މަޢުލޫމާތާއި، މުދަލުގެ އަގު ނީލަމުގައި ފަށާނެގޮތުގެ ލިސްޓެއް، މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ. މި ނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، 2026 އޮގަސްޓް 18 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، ހިލާލީމަގު) ގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ. ނީލަމަށް ވަޑައިގަންނަވާއިރު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
އަދި، ނީލަމުގައި ބައިވެރިވެ، ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން، ނީލަން ކިޔާ ތާރީޚުން ފެށިގެން ސަރުކާރު ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި، މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާބެހޭ ވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މި ކޮމިޝަނަށް ފައިސާ ދެއްކުމަށްފަހު، 2026 އޮގަސްޓް 25 ވާ އަންގާރަ ދުވަހުގެ ކުރިން މުދާ ގެންގޮސް ތަން ހުސްކުރަންވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.