ދިވެހިރާއްޖެ
ގދ. ގައްދޫ ގައި ދުވަހުގެ މަސައްކަތް ކުރާ ބިދޭސީންނަށް ވަކި އުޖޫރަތަކެއްވަނީ ކައުންސިލްގެ 04 ވަނަ ދައުރުގެ 166 ވަނަ ޢާންމު ބައްދަލުވުމުން ފާސްކޮށްފައެވެ. ވަކިވަކި ބާވައްތަކުގެ މަސައްކަތްތަކަށް ނެގުމަށް ކަނޑައެޅިފައިވާ އުޖޫރަތައް އެގޭނެހެން 2024 ވަނަ އަހަރު ވާނީ އާންމު ޢިއުލާނެއްވެސް ކުރެވިފައެވެ. އެހެންނަމަވެސް އެ އިޢުލާނާއި އެއްގޮތަށް އަމަލުކުރަމުން ނުދާކަން ވަނީ މި ކައުންސިލަށް ފާހަގަވެފައެވެ. ތިރީގައިވަނީ ދުވަހު މަސައްކަތް ކުރާ ބިދޭސީންނަށް ދިނުމަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 166 ވަނަ ޢާންމު ބައްދަލުވުމުން ފާސްކޮށް އާންމުކޮށްފައިވާ އުޖޫރަތަކެވެ.
|
ގެދޮރު އިމާރާތްކުރުމުގެ ދާއިރާ (ކެޓަގަރީ 1) |
|
|
ރާނާ ސިމެންތި ޖެހުން ( ކެއުމާއި އެކު ދެވޭނެ ދުވަހު އުޖޫރަ) |
300 ރުފިޔާ |
|
މި ދާއިރާގެ އެހެނިހެން މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ކެއުމާއި އެކު ދެވޭނެ ދުވަހު އުޖޫރަ |
250 ރުފިޔާ |
|
ނަރުދަމާ ޖަންގްޝަން ސާފްކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތް (ކެޓަގަރީ 2) |
|
|
މި ދާއިރާގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ކެއުމާއި އެކު ދެވޭނެ ދުވަހު އުޖޫރަ |
300 ރުފިޔާ |
|
ފައިބަރ މަސައްކަތް (ކެޓަގަރީ 3) |
|
|
ފައިބަރ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ކެއުމާއި އެކު ދެވޭނެ ދުވަހު އުޖޫރަ |
300 ރުފިޔާ |
|
އެހެނިހެން މަސައްކަތް |
|
|
މަތީގައި ހިމެނިފައިނުވާ މަސައްކަތެއް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ކެއުމާއި އެކު ދެވޭނެ ދުވަހު އުޖޫރަ |
250 ރުފިޔާ |
ނޯޓް: މަސައްކަތު ދުވަހެއްގެ ގޮތުގައި ބަލަންވާނީ 1 ގަޑި އިރުގެ ހުސްވަގުތު ކޮޅަކާއެކު ޖުމްލަ 8 ގަޑި އިރެވެ.
ވީމާ މަތީގައި ދެންނެވިފައިވާ ޤަވާއިދާއި އެއްގޮތަށް އަމަލުކުރަމުން ގެންދިޔުމަށް ދެންނެވީމެވެ. އަދި މި ޤަވާއިދާއި ޙިލާފަށް އުޖޫރަ ނަގަމުންދާ ބިދޭސީންނާއި އެ ބިދޭސީންގެ ބަދަލުވެރިފަރާތް ކައުންސިލްގެ 4 ވަނަ ދައުރުގެ 166 ވަނަ ޢާންމު ޖަލްސާއިން ފާސްކޮށް ޢަމަލުކުރުމަށް ހަދާފައިވާ ރަށުގައި ދިރިއުޅޭ ބިދޭސީންގެ މަސައްކަތުގެ ދުވަހު އުޖޫރަ ކަނޑައެޅުމާއި ބެހޭ އުޞޫލުގެ ދަށުން ޖޫރިމާނާ ކުރެވެމުންދާނެ ވާހަކަ ދެންނެވީމެވެ. އަދި ޤަވާއިދާއި ޙިލާފަށް އުޖޫރަ ނަގަމުންދާކަން ފާހަގަވާނަމަ އެކަން ކައުންސިލްގެ ސަމާލުކަމަށް ގެނައުމައްޓަކައި " އެކިކަންކަމާއި ގުޅިގެން ކައުންސިލަށް ޝަކުވާ ހުށައަޅާ ފޯމް" މެދުވެރިކޮށް ކައުންސިލަށް ޝަކުވާ ހުށައެޅުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.