ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)334/334/2026/130
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 19 އޮގަސްޓް 2026 12:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓާފް ދަނޑުގެ ފެންސް މަރާމާތު ކުރުމާއިގެޅޭ

މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޓާފް ފުޓްބޯޅަ ދަނޑުގެ ވަށައިގެން ޖަހާފައިވާ ފެންސް ބައުވެ، ހަލާކުވެފައިވާތީ، އަމިއްލަ ތަކެތީގައި އެ ފެންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 12:00 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހަޅަންވާނީ މި އިޢުލާނާއިއެކު ހީރާސްކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން ނުވަތަ ކައުންސިލްގެ ނަންބަރު 6640074 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

10 އޮގަސްޓް 2026