ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 198-F/2026/72
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 19 އޮގަސްޓް 2026 10:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މި ޑިޕާޓްމަންޓަށް ބޭނުންވާ އެންޓަރޕްރައިސް ސްޓޯރޭޖް ސިސްޓަމެއް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މި ޑިޕާޓްމަންޓަށް ބޭނުންވާ އެންޓަރޕްރައިސް ސްޓޯރޭޖް ސިސްޓަމް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 13 އޮގަސްޓް 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ މައުލޫމާތާ އެކު  މެއިލްކުރެއްވުމަށް  ދަންނަވަމެވެ.

- ހުށަހަޅާ ވިޔަފާރީގެ ނަން 

- ވިޔަފާރި ރަޖިސްޓަރީ ނަންބަރު އަދި އެސް.އެމް.އީ ރަޖިސްޓްރީ ނަންބަރު

- ގުޅޭނެ ފަރާތުގެ ނަން 

- މެއިލް އެޑްރެސް 

- ފޯނު ނަންބަރު 

ވީމާ، މި މަސައްކަތްކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ ހެނދުނު، 10:00 އަށް މި ޑިޕާޓްމަންޓަށް(ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން / ތީމުގެ، އާބުރުޒުހިނގުން) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 އަދި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓަރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބެއް ހުށައެއް ނޭޅުއްވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލުކުރެވޭނެއެވެ.

މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އޮގަސްޓް 2026