ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)282/282/2026/35
ޕަބްލިޝްކުރި ތާރީޚް: 10 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 15 އޮކްޓޫބަރު 2026 14:00
މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްރަޙީމްގެ އަންހެނުން ނަމާދުކުރާބައި ޖާގަ އިތުރުކުރުމާއި ގުޅޭ

މަސްޖިދުއްރަޙީމްގެ އަންހެނުން ނަމާދުކުރާބައި ޖާގަ އިތުރުކުރުމާއި ގުޅޭ

 

މަސްޖިދުއްރަޙީމްގެ އަންހެނުން ނަމާދުކުރުމަށް ކަޑައަޅާފައިވާ ބައިގެ ޖާގައިތުރުކޮށް ތަރައްޤީކުރުމަށް ކައުންސިލުން ނިންމާފައިވާތީ، މިޕްރޮޖެކްޓަށް މާލީގޮތުން ހޭދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މި ޕްރޮޖެކްޓަށް ޚަރަދުވާނެ ކަމަށް އަންދާޒާކުރެވެނީ 150،000.00 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާއެވެ.

ވީމާ، މި ޕްރޮޖެކްޓަށް ހޭދަކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލުން ކަޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ޖަމާކުރާ ފައިސާގެ ތަފްސީލާއި އެކު ކައުންސިލުގެ އެކައުންޓް ނަމްބަރ 7724700391003 އަށް ފޮނުއްވައި ދެއްވުމަށްފަހު 9231340 އަށް ސްލިޕް ވައިބަރކޮށްދެއްވުމަށް ދަންނަވަމެވެ.

ވީމާ، މިކަން އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

10 އޮގަސްޓް 2026