ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)
ނަމްބަރ (5)394/2026/11 :
ނިންމުން ނިންމި ޖަލްސާ
ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 13 ވަނަ އާއްމު ޖަލްސާ (2026/22)
ޖަލްސާ ބޭއްވި ތާރީޚް: 16 ޖުލައި 2026
ޖަލްސާ ބޭއްވި ގަޑި: 13:00 އިން 13:30 އަށް
ކައުންސިލްގެ ނިންމުން
މައްސަލައިގެ ޚުލާޞާ:
- ބަނދިގޭން އުފެދޭކުނި ނައްތާލުމަށް ޣާޒީމަގު އިރުވާކޮޅުން ފާލަމެއް އެޅުމަށް މަޝްވަރާކުރުން.
- ކުނިމެނޭޖް ކުރާ ކޮމެޓީގެ ޗެއަރއެއް ހަމަޖެއްސުމަށް މަޝްވަރާކުރުން.
މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:
- މަޝްވަރާތަކަށްފަހު ހުރިހާ މެންބަރުންވެސް އިއްތިފާޤް ވެ ވަޑައިގަތީ ބަދިގެއިން އުފެދޭ ކުނި ނައްތާލުމަށް ޣާޒީމަގު އިރުވާކޮޅުން 50 ފޫޓްދިގު 6 ފޫޓް ފުޅާމިނު ފާލަމެއް އެޅުމަށް ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.
- ކުނިމެނޭޖް ކުރާ ކޮމެޓީގެ ޗެއަރއެއް ހަމަޖެއްސުމަށް މެންބަރު އަލްފާޟިލް ޢަބްދުﷲ ޒުހުރީ، ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލާ ޢާޤިޞާ ޢަބްދުއްލަޠީފްގެ ނަން ހުށައެޅުމާއި ގުޅިގެން ރިޔާސަތުން ވޯޓަށް އައްސަވާ ކައުންސިލްގެ އަޤްލަބިއްޔަތުން ކުނިމެނޭޖް ކުރާ ކޮމެޓީގެ ޗެއަރއަކަށް ނ ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލާ ޢާޤިޞާ ޢަބްދުއްލަޠީފް ހަމަޖެއްސުމަށް ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.
-
ވޯޓުދިން ގޮތުގެ ތަފްޞީލް:
- ކައުންސިލް މެމްބަރުންގެ ޢަދަދު 3، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 3، ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 3، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 3