ދިވެހިރާއްޖެ
އިޢުލާން
ގުޅިފަޅުގެ ބެތިމެޓްރީ ސަރވޭ "bathymetry survey" އެއް ހެދުމާބެހޭ
މިކުންފުނީގެ ދަށުގައިވާ ގުޅިފަޅުގެ ބެތިމެޓްރީ ސާރވޭއެއް ހަދައިދެއްވާނޭ ފަރާތެއް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މި އޮފީހަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 23 ފެބުރުވަރީ 2016 ވާ އަންގާރަދުވަހުގެ 14:00 ގައެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް، އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ތިރީގައިވާ މިއޮފީހުގެ އެޑްރެހަށެވެ.
ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް
ދެވަނަ ފަންގިފިލާ ، ހ.އާގަދަގެ
ބޮޑުތަކުރުފާނު މަގު،
މާލެ
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮފީހުގެ ނަންބަރު 3016630 ފޯނާ ގުޅުއްވުން އެދެމެވެ.