ދިވެހިރާއްޖެ
2027 ވަނަ އަހަރު ހަބަޝީ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވެލައްވާ ބޭފުޅުންނަށް ތިރީގައި ދަންނަވާފައިވާ ޢުމުރު ފުރާތަކަށް،
ހަބަޝީ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް ދޫކުރުން 03 އޮގަސްޓް 2026ން ފެށިގެން ފުރުޞަތު ހުޅުވާލާފީމެވެ.
ވީމާ، ހަބަޝީ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކުރެންދޫ ކައުންސިލްގެ އިދާރާއިން ފޯމް ނަންގަވައި ފޯމް
ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 30 ނޮވެންބަރު 2026ވާ (ހޯމަ) ދުވަސް
ކަމަށްވާތީ، އެދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުމަށް ދެންނެވީމެވެ.
|
# |
ގްރޭޑް |
2027 ވަނަ އަހަރު ގްރޭޑަށް ވަދެވޭ ޢުމުރު ފުރާ |
|
01 |
ނާސަރީ |
2026 ޑިސެންބަރ 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން |
|
02 |
ބޭބީ ނާސަރީ |
2026 ޑިސެންބަރ 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން |