ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-AD/IUL/2016/013
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 16:21
ސުންގަޑި: 18 ފެބުރުވަރީ 2016 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މެއިންޓަނަންސް މެނޭޖަރ

މަޤާމް :މެއިންޓަނަންސް މެނޭޖަރ
ބޭނުންވާ އަދަދު :1

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

މެއިންޓަނަންސް މެނޭޖަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

މެނޭޖަރ

މުސާރަ އާއި އިނާޔަތްތައް

-/20,000 ރުފިޔާއާއި -/25,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު

01

ޝަރުތު

  1. އޮޓޯ މޮބައިލްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގގެ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނުގަނޑު ލެވެލެ 8 ހާސިލުކޮށްފައިވުމާއެކު، އިންޖިނިއަރިންގ ނުވަތަ މެއިންޓަނަންސާ ގުޅުން ހުރި ދާއިރާއަކުން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  2. އޮޓޯ މޮބައިލްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނުގަނޑު ލެވެލެ 7 ހާސިލުކޮށްފައިވުމާއެކު، އިންޖިއަރިންގ ނުވަތަ މެއިންޓަނަންސާ ގުޅުން ހުރި ދާއިރާއަކުން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  3. އޮޓޯ މޮބައިލްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިންގ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނުގަނޑު ލެވެލެ 6 ހާސިލުކޮށްފައިވުމާއެކު، އިންޖިނިއަރިންގ ނުވަތަ މެއިންޓަނަންސާ ގުޅުން ހުރި ދާއިރާއަކުން 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކޯޕަރޭޝަނުގައި ބޭނުންކުރާ އުޅަނދުތަކަށް ބޭނުންވާ މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް ވަކި ތާވަލެއްގެ ދަށުން ކުރުމާއި ކޯޕަރޭޝަންގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ބޭނުންވާ މެޝިންތަކާއި އާލާތްތަކާއި ވަސީލަތްތައް ބެހެއްޓުން،
  2. ކޯޕަރޭޝަނަށް ބޭނުންވާ ވޯކްޝޮޕްތަކާއި އިމާރާތްތަކާއި އަދި އެހެނިހެން ވަސީލަތްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމާއި ކޯޕަރޭޝަންގެ ސްޕެއަރ އިންވެންޓްރީ ބެލެހެއްޓުން،
  3. މެއިންޓަނަންސާ ގުޅުންހުރި ސިޔާސަތުތައް އެކުލަވައިލުމާއި މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ވަސީލަތްތަކާއި ބޭނުންކުރާ އާލާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުން
  4. ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދާއި މެޝިންތަކާއި އެހެނިހެން އާލާތްތަކާއި ވަސީލަތްތައް އިންސްޕެކްޓް ކުރުމާއި އަދި ބޭނުންކުރެވޭ ފަދަ ރަނގަޅު ހާލަތެއްގައި ހުރިތޯ ޔަގީންކުރުމާއި ލޮގް ބެލެހެއްޓުން
  5. ކޯޕަރޭޝަން ހިންގުމުގައި ބޭނުންވާ ޕްލޭންތައް ތައްޔާރުކުރުމާއި އެ ޕްލޭންތައް ތަރައްޤީ ކުރުމާއި ތަންފީޒުކުރުމުގައި ޚަރަދުކުޑަ ލުއިފަސޭހަ އުސޫލުތަކެއްގެ ބިނާކުރުމާއި އަދި ހިންގުން ހަރުދަނާކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން
  6. މުވައްޒަފުންނަށް މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ އިރުޝާދު ދިނުމާއި އަދި މުވައްޒަފުން ތަމްރީން ކުރުމާއި ކޯޕަރޭޝަންގެ ސިޔާސަތުތަކާއި އިޖުރާތުތައް ބުނެދިނުން
  7. މެއިންޓަނަންސްގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޑިޕާޓްމަންޓްތަކުގެ އިސްބޭފުޅުންނާއި މަޝްވަރާކުރުމާއި، މެޝިންތަކާއި އެހެނިހެން ވަސީލަތްތައް ގިނަ ދުވަހަށް މަސައްކަތްކުރުމަށް/ ބެހެއްޓުމަށް/ ގެންގުޅުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން
  8. މެއިންޓަނަންސަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓް ހޭދަވާގޮތް މޮނިޓަރކުރުން
  9. ވެއަރ ހައުސްގައި ބޭނުންކުރާ ތަކެތި ކަނޑައެޅިފައިވާ ވަކި ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާއި އަދި ވެއަރ ހައުސްގެ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ގޮތަކަށް ކަންތައްތައް ރޭވުން
  10. ކޯޕަރޭޝަންގެ މެންބަރެއްގެ ހައިސިއްޔަތުން ބޭނުންވާ މަސައްކަތު މާހައުލު ޤާއިމުކުރުމަށް މަސައްކަތް ކުރުމާއި ކޯޕަރޭޝަންގެ ލަނޑުދަނޑިތަކާއި އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 - މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަޖުރިބާ.

 - ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

 

 - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).

 - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

 - ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައިވާ) ކޮޕީ،

 - ޕޮލިސް ރިޕޯޓު (ނެގި ފަހުން 03 މަސް ހަމަނުވާ)

 - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

 - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި:

 2016 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މައި އޮފީސް - ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް - ނަންބަރު 3000581 / 7584070 އަށް ގުޅުއްވުން އެދެމެވެ.

01 ޖުމާދަލްއޫލާ 1437

10 ފެބުރުވަރީ 2016