ދިވެހިރާއްޖެ
އިޢުލާން
ކ. ތިލަފުށީގެ މަގުތައް މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ވެހިކަލްތަކެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން (ނަންބަރު TCL/PROC-TA/2016/006) އާ ގުޅިގެން ހުޅުވާލި ބީލަން ހުށަހެޅުމުގެ ފުރުޞަތުގައި، އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ 2 (ދޭއް) އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި ރޯޑް މެއިންޓަނަންސްގެ މަސައްކަތް ކުރާ ދުވަސްތަކަށް ތިރީގައި ދެންނެވިފައިވާ ވެހިކަލް/ މެޝިނަރީސް ކުއްޔަށް ދޫކުރައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައި ދަޢުވަތު އަރުވަމެވެ.
ވެހިކަލް/މެޝިނަރީސް |
ބޭނުންވާ އަދަދު |
ޑަމްޕް ލޮރީ |
01 |
އެކްސްކަވޭޓަރ |
02 |
ވީލް ލޯރޑަރ |
01 |
ބެކް ހޯ ލޯޑަރ |
01 |
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ޕްރީ ބިޑް މީޓިންގ އަދި މަޢުލޫމާތު ކަރުދާސް ދޫކުރުން |
ޓީސީއެލް ހެޑް އޮފީސް |
އަންގާރަ |
16 ފެބުރުވަރީ 2016 |
14:00 ގައި |
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑް އޮފީސް |
ހޯމަ |
22 ފެބުރުވަރީ 2016 |
11:00 ގައި |
އަންދާސީހިސާބު ހުށަހެޅުއްވުމާއި ގުޅޭ
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- ހުށަހަޅައިފައިވާ ބީލަން ބާޠިލުވާ މުއްދަތު މަދުވެގެން 06 ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.
ބީލަން ހުށަހެޅޭނީ ޕްރީބިޑް މީޓިންގގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނަށްް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
02 ޖުމާދަލްއޫލާ 1437