ދިވެހިރާއްޖެ
މިކޯޕަރޭޝަނަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަގާމު: އެސިސްޓެންޓް މުނިސިޕަލް އޮޕަރޭޝަންސް މެނޭޖަރ
އަދަދު:1
ތައުލީމީ ފެންވަރާއި ތަޖުރިބާ: މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
ސާނަވީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު ހިންގުމުގެ ދާއިރާގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން: ހިންގުމުގެ ޤާބިލުކަން ހުރުން. ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކްލީނިންގ އެންޑް މެއިންޓެނަންސް ސެކްޝަންގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން. މީގެތެރޭގައި ހުޅުމާލޭގައި ކުނި އުކާލުމާއި އަދި ކުނި ނައްތާލުމުގެ މަސައްކަތުގެ އިތުރުން ހުޅުމާލޭގެ މަގުތަކާއި ޕާރކް ފަދަ ތަންތަން ސާފުކޮށް ބެހެއްޓުމުގެ މަސައްކަތްތައް ރާވައި ހިންގުން ހިމެނެއެވެ.
މުސާރަ: -/13080 (އެލަވަންސްތަކާއެކު މަދުވެގެން -/24980 ރުފިޔާ ލިބޭނެއެވެ.)
މަގާމު: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
އަދަދު: 1
ތައުލީމީ ފެންވަރާއި ތަޖުރިބާ: އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓް ގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން: އަމިއްލައަށް ރާވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. އެމް.އެސް އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން. ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ކޯޕަރޭޝަންގެ އެޑްމިނިސްޓްރޭޓިވް ސަޕޯޓް ސާރވިސަސްގެ މަސައްކަތްތައް ރާވައި ކޯޑިނޭޓްކުރުން. މީގެތެރޭގައި ކޯޕަރޭޝަންގެ އިންޓާރނަލް އެޑްމިނިސްޓްރޭޓިވް ޕްރޮސެސްތައް އެނަލައިޒްކޮށް އޮފީހުގެ ހިންގުން ހަރުދަނާކުރުމަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންތައްތައް ރަނގަޅުކުރުމަށް ލަފާދިނުން ހިމެނެއެވެ.
މުސާރަ: -/10100 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން -/19600 ރުފިޔާ ލިބޭނެއެވެ.)
މަގާމު: އެސިސްޓެންޓް އާރކިޓެކްޓް
އަދަދު: 1
ތައުލީމީ ފެންވަރާއި ތަޖުރިބާ: އާރކިޓެކްޗަރ ނުވަތަ އާރބަން ޕްލޭނިންގ / ޑިޒައިންގގެ ދާއިރާއިން ޑިގްރީ ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން.
ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން: އޮޓޯ ކެޑް ބޭނުން ކުރަން އެނގުމާއި ޑްރާފްޓިންގ ސޮޕްޓްވެއަރތައް ބޭނުންކުރަން އެނގުން. އެމް.އެސް. އޮފީސް ޕެކޭޖް ފަރިތަކަމާއިއެކު ބޭނުންކުރަން އެނގުން. ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
މަޤާމުގެ މަސްއޫލިއްޔަތު: މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ ހުޅުމާލޭގެ މާސްޓަރ ޕްލޭނުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް، އިތުރަށް ހޯދަންޖެހޭ ހޯދުންތައް ހޯދުމަށާއި މަޢުލޫމާތު އެއްކުރުމަށް ދިރާސާކުރުމާއި އެއާ ގުޅިގެން ކުރަހަންޖެހޭ ކުރެހުންތައް ތައްޔާރުކުރުން. މީގެތެރޭގައި ކޯޕަރޭޝަނުން އިމާރާތްކުރާ ތަންތަން ޑިޒައިންކުރުމާއި، ކުރެހުމުގެ އިތުރުން ހުޅުމާލޭގެ މެޕްތައް ޑްރާފްޓްކުރުން ހިމެނެއެވެ.
މުސާރަ: -/6260 ރުފިޔާއާއި -/8720 ރުފިޔާއާ ދެމެދު (އެލަވަންސްތަކާއެކު މަދުވެގެން -/11960 ރުފިޔާއާއި -/16520 ރުފިޔާއާ ދެމެދު ލިބޭނެއެވެ.)
އިތުރު މަޢުލޫމާތު
- އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
- ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން
- މިވަޒީފާތަކަށް މުވައްޒަފުން އައްޔަންކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރުދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭފޯމު މި ކޯޕަރޭޝަނުގެ މައި އޮފީހުންނާއި މާލެއޮފިހުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި)
- ވަޒީފާއެއް އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ސާފުކޮށް ފެންނަ ގޮތަށް ނަގާފައިވާ ކޮޕީ.
- ވަޒީފާއަށް އެދޭ މީހާގެ ވަނަވަރު (ސީވީ).
ލިޔެކިއުންތައް ހުށައަޅަންޖެހޭ ތާރީޚު:
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 16 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން.
- މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ
1ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް |
ނުވަތަ |
3 ވަނަ ފަންގިފިލާ، އެޗް.ޑީ.ސީ.ބިލްޑިންގ |
މާލެ، ދިވެހިރާއްޖެ |
|
ހުޅުމާލެ، ދިވެހިރާއްޖެ |
ފޯނު:3336755 |
|
ފޯނު: 3353535 |
ފެކްސް:3335892 |
|
ފެކްސް:3335892 |
2 ޖުމާދަލްއޫލާ 1437