ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HRM/1/2016/13
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 17 ފެބުރުވަރީ 2016 13:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: އެސިސްޓަންޓް ޑިރެކްޓަރ/ ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ކޭސްމެނޭޖްމަންޓް ސެކްޝަން

ތަޢުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ސޯޝަލް ސައިންސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އަތޮޅުތަކުގައި ހުންނަ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފް.ސީ.އެސް.ސީ) ން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އެޑްމިނިސްޓްރޭޓިވް/ޓެކްނިކަލް ލަފާދިނުމާއި، މަސައްކަތްތައް ވިލަރެސް ކުރުން.
  2. އެފް.ސީ.އެސް.ސީ ތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި މިނިސްޓްރީންކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. އެފް.ސީ.އެސް.ސީ ތަކުގެ އަހަރީ ބަޖެޓު ތައްޔާރުކުމާއި މަހުންމަހަށް ޚަރަދުކުރަންޖެހޭ ފައިސާ އާއި ގުޅިގެން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސް ކުރުން.
  4. އެފް.ސީ.އެސް.ސީ ތަކުގައި މަސައްކަތް ކުރާ ޓެކްނިކަލް މުވައްޒަފުންގެ މަސައްކަތްތައް ސްޕަރވައިޒްކޮށް ބެލެހެއްޓުމާއި ޓެކްނިކަލް މަސައްކަތްތަކަށް ބޭނުންވާ ފަންނީ ލަފާދިނުމާއި، ތަފާތު ޕްރޮގްރާމްތައް ހިންގުމުގައި ބޭނުންވާ އެހީތެރިކަންފޯރުކޮށްދީ ފެސިލިޓޭޓް ކޮށްދިނުން.
  5. އެފް.ސީ.އެސް.ސީ ތަކުގެ މަސައްކަތްތައް މޮނިޓަކޮށްކޮށް ބެލެހެއްޓުން.
  6. އެފް.ސީ.އެސް.ސީ ތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި ގައިޑްލައިންތައް ތައްޔާރުކުރުމާއި މިހާރު ހުރި ގަވާއިދުތަކާއި ގައިޑްލައިންތަކަށް ގެންނަށްޖެހޭ ބަދަލުތައްގެނައުން.
  7. ސިވިލް ސާރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް ޢަމަލުކުރުން
މަޤާމް :ކޮމްޕިއުޓަރ ޕްރޮގްރާމާ
ބޭނުންވާ އަދަދު :1

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:MS2

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް

މަހަކު -/2000

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ އައި.ޓީ ސެކްޝަން

ތަޢުލީމާއި ތަޖުރިބާ

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިވުން.  ނުވަތަ
  2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާއިރާގެ ބޭނުމަށް ތައްޔާރުކުރަންޖެހޭ ތަފާތު ސޮފްޓްވެރތަކާއި، ވެބް އެޕްލިކޭޝަންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  2. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ އިދާއިރާތަކުގައި މިހާރު ބޭނުންކުރާ ސްފްޓްވެރތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން.
  1. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ މުވައްސަސާތަކުން ކުރައްވާ މަސައްކަތްތަކާއި ދެއްވާ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާ ކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި އޮންލައިން އެޕްލިކޭޝަންތައް ފަރުމާކޮށް ތައްޔާރުކުރުން. އަދި އެޕްލިކޭޝަން ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އެސޫލުތަކާއި މިންގަނޑުތައް އޮފީހުގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ މަތިން ކަނޑައަޅާ އުފެއްދުންތެރިކަން އިތުރުކުރެވޭނެހެން މަސައްކަތްތައް ކުރުން.
  2. އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތައް މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނަށް ޑީސެންޓްރަލައިޒް ކުރުމަށް ކުރެވޭ މަސައްކަތްތައް ކުރުން.
  3. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހުންނަ އޮފީސްތަކާއި، މުވައްސަސާތަކަށް ފޯރުކޮށްދޭންޖެހޭ އައިޓީ ޚިދުމަތް ފޯރުކޮށްދިނުން.
  4. އޮފީހުގެ ކޮމްޕިޔުޓަރ ނެޓްވާރކް އަދި ސަރވަރ ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
  5. އޮފީހުގެ ކަންކަން ފުރިހަމައަށް ގެންދިއުމަށް ބޭނުންވާ ސޮފްޓްވެއަރތަށް ރިސާޗްކޮށް ލަފާއެރުވުން.
  • މި މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނީ ސްފްޓްވެރ އަދި އެޕްލިކޭޝަން ތައްޔާރުކޮށް މިކަމަށް ޝައުޤު ހުރި އަދި ތަޖުރިބާ ހުރި ފަރާތްތަކަށް.
މަޤާމް :އިންޓަރނަލް އޮޑިޓަރ
ބޭނުންވާ އަދަދު :1

ބޭނުންވާ ޢަދަދު

01

 

މަގާމުގެ ކްލެސިފިކެޝަން: ސީނިއަރ އޮފިސަރ ގްރޭޑް1

ރޭންކް: MS1

 

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ބަޖެޓް އެންޑް ފައިނޭންސް

ތަޢުލީމާއި ތަޖުރިބާ

  1. ބަޖެޓް ނުވަތަ ފައިނޭންސް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ބަޖެޓް ނުވަތަ ފައިނޭންސް ދާއިރާއަކުން މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  3. ބަޖެޓް ނުވަތަ ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަން އިންޓަރނަލް އޮޑިޓް ކުރުން.
  2. އޮޑިޓްކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗަށް ބިނާކޮށް، އިންޓަރނަލް އޮޑިޓްގެ ރިޕޯޓު ތައްޔާރުކުރުން.
  3. އޮޑިޓް ކުރުމުގައި ބޭނުންކުރާ އިޖުރާޢަތުތައް ޑްރާފްޓްކޮށް މުޠާލިޢާ ކުރުން. އަދި ފުރިހަމަކުރެވޭ އޮޑިޓްގެ އިޖްރާޢަތްތަކާގުޅޭ އޮޑިޓުގެ މަސައްކަތުކަރުދާސް ތައްޔާރުކޮށް، އެ ތަކެތި ބެލެހެއްޓުން.
  4. މި މިނިސްޓްރީގެ އިންޓަރނަލް ކޮންޓްރޯލްތަކަކީ އެއަށް އިތުބާރުކުރެވޭ ހަރުދަނާ އިންޓަރނަލް ކޮންޓްރޯލް ތަކެއްތޯ ވަޒަންކުރުމާއި، އިދާރީ އިޖްރާޢަތުތައް މުރާޖަޢާ ކުރުން.
  5. އިންޓަރނަލް އޮޑިޓް އަހަރީ ޕްލޭންތައް ހެދުމާއި، އިންޓަރނަލް އޮޑިޓް އަދި ކޮންސަލްޓެންސީ އެސައިންމަންޓް ޕްލޭންތައް، ތައްޔާރު ކުރުން.
  6. ފުރިހަމަ ކުރެވުނު އިޖުރާޢަތުތަކާ ގުޅޭގޮތުން އޮޑިޓްއިން ނެގޭ ފޮޓޯކޮޕީ ( ވައުޗަރު/ރިސިޓު ނުވަތަ އެފަދަ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން)
  7. އޮޑިޓް ކުރުމުގެ ބައިނަލްއަޤުވާމީ މިންގަނޑު (އިންޓަރނޭޝަނަލް އޮޑިޓިން ސްޓޭންޑަޑް) ތަކަށް އަހުލުވެރިވުމަށް މަސައްކަތް ކުރުމާއި އެފަދަ މިންގަނޑުތަކަށް އަންނަ ބަދަލުތައް ދެނެގަތުމަށް މަސައްކަތް ކުރުން. އަދި އޮފީހުން ރަސްމީގޮތުންނާއި ނުރަސްމީ ސިފައެއްގައި ހިންގާ ޕްރޮގްރާމްތަކާއި، ތަޢުލީމު ލިއްބައިދޭ ޕްރޮގުރާމުތަކުގައި ބައިވެރިވުން.
މަޤާމް :ސީނިއަރ ސޯޝަލް ސަރވިސް ވަރކަރ
ބޭނުންވާ އަދަދު :1

ބޭނުންވާ ޢަދަދު

01

 

މަގާމުގެ ކްލެސިފިކެޝަން: ސީނިއަރ އޮފިސަރ ގްރޭޑް2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:MS2

 

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް

މަހަކު -/2000

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން އެންޑް ޕްރޮމޯޝަން

ތަޢުލީމާއި ތަޖުރިބާ

  1. ސޯޝަލް ސައިންސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސޯޝަލް ސައިންސްގެ ދާޢިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ސޯޝަލް ސައިންސްގެ ދާޢިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  4. ސޯޝަލްސައިންސްގެ ދާޢިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު،ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ކުދިންނާއި މީހުންނާއެކީ މަސައްކަތްކުރުމަށް އެކްޝަން ޕްލޭން ތައްޔާރުކޮށް، ޙާލަތު ބަލައި ހަމަޖެހިފައިވާ އުސޫލެއްގެ މަތިން މޮނިޓަރކޮށް އެފަރާތްތަކަށް ނަފްސާނީ އަދި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްކޮށް ޙަރަކާތްތެރިވުން. 

2- ހުށަހެޅޭ މައްސަލަތަކުގެ ފައިލް ތައްޔާރުކޮށް އެމައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރުކުރުމަށްފަހު އެސެސްމަންޓް ހަދައި، ކަމާގުޅޭ ދާއިރާތަކާއެކު މަސައްކަތްތައް ކުރިއަށް ގެންދިއުން.

3- މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން

4- މިނިސްޓްރީއަށް ހުށަހެޅިގެން ކުރިއަށް ގެންދެވޭ މައްސަލަތަކުގައި ގަވާއިދުން ހޯމް ވިޒިޓް ހެދުން އަދި މައްސަލައިގައި ހިމެނޭ ކުޑަކުދިންނާއި، އަންހެނުން، ޢުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ސީދާ ބައްދަލުވެ ހާލަތު ބެލުން.

5- ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް ލިބޭފަދަ ސީރިއަސް ނުވަތަ ކުއްލިހާލަތެއް ދިމާވެއްޖެނަމަ އެމައްސަލައެއް ސެކްޝަންގެ އިސްވެރިޔާއަށް ރިޕޯޓްކުރުން އަދި ވެރިޔާގެ ލަފާގެމަތިން މައްސަލާގައި ހިމެނޭ ވިކްޓިމްއަށް، ކަމާގުޅޭ ދާއިރާތަކާ ގުޅިގެން އަވަސް ޙިމާޔަތެއް ހޯދައިދިނުމަށް މަސައްކަތްކުރުން.

6- އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ ހާލަތުބެލުމަށް (މަޢުލޫމާތު ނެގުމަށް) ނުވަތަ އެފަދަ ކުއްޖެއް/މީހެއް ކުއްލިގޮތަކަށް މާލެ ގެނައުމަށް ރަށްރަށަށް ދާންޖެހިއްޖެ ހިނދެއްގައި އެ ރަށަށްގޮސް މަޢުލޫމާތު ނެގުން ނުވަތަ ޕްރޮސީޖަރގައިވާ ގޮތުގެ މަތިން އެފަދަ ފަރާތްތައް މާލެ ގެނައުން.

7- މިނިސްޓްރީގެ ދަށުން ބަލަހަންޓަމުންގެންދާ، ކުޑަކުދިންގެ ހިޔާ އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން އެހީއަކަށް ބޭނުންވެއްޖެ ހިނދެއްގައި ޕްރޮސީޖަރގައިވާ ގޮތުގެމަތިން ކުރިއަށް ގެންދިއުން.

8- އަތޮޅުތަކުގެ ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަތޮޅުތަކުގެ ސްޓާފުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން

9- ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ކުދިންނާއި މީހުންނާއެކީ މަސައްކަތްކުރާ މުވައްޒަފުން ސުޕަވައިޒުކުރުމުގެ މަސައްކަތްކުރުން.

10- ހަމަޖެހިފައިވާ ޤަވާޢިދުގެ މަތިން އޮންކޯލް އަދި ހެލްޕްލައިން ޑިޔުޓީ އަދާކުރުމާއި ކޭސް އެލޮކޭޝަންގައި ބައިވެރިވުން

11- ކުޑަކުދިންނާއި، އަންހެނުން، ޢާއިލާތަކާއި، އުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާ ބެހޭގޮތުން މުޖްތަމަޢު (އެންޖީއޯ، މީޑިޔާފަދަ ދާއިރާތަށް) ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުމުގައި އެހީތެރިވުން

12- މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވުން

13- އެކިއެކި މަސައްކަތްތަކުގައި މުއާމަލާތް ކުރާއިރު ވަކިޖިންސަކަށް ވަކި ގިންތިއަކަށް ވަކި އުމުރަކަށް ނުވަތަ މީހެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް ބެލުމަކާ ނުލައި ހަމަހަމަ އުސޫލެއްގެ މަތިން މަސައްކަތް ކުރުން 

14- އެ މުވައްޒަފަކު ހަވާލުވެގެން ކުރެވޭ ހުރިހާ މަސައްކަތެއް ގަވާއިދުން ފައިލްކުރުން އަދި ޙަވާލުވެގެންކުރާ މަސައްކަތުގެ ރިކޯޑުތައް މިނިސްޓްރީގެ ސަރވަރއަށް ގަވާއިދުން އަޕްޑޭޓް ކުރުން

15- އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން

16- ޙަވާލުކުރެވޭ ކޭސްތަކުގެ މަޢުލޫމާތު ޑޭޓާބޭސްއަށް އެޅުމަށްޓަކައި އެ މަސައްކަތްކުރާ މުވައްޒަފުންނަށް މަޢުލޫމާތު ފޯރުކޮށް ދިނުން.

17- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓަށް ޢަމަލު ކުރުން.

މަޤާމް :ޕްރޮގްރާމް އޮފިސަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

01

މަގާމުގެ ކްލެސިފިކެޝަން: ސީނިއަރ އޮފިސަރ ގްރޭޑް1

ރޭންކް:MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޕޮލިސީ، ޕްލޭނިންގ، ލައިސެންސިންގ އެންޑް ރެގިއުލޭޝަން ޑިވިޜަން

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އާއިލާތަކުގެ ދުޅަހެޔޮކަމާއި ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަމާ ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ހިމަނައިގެން، ޕްލޭންތައް (މާސްޓަރ ޕްލޭން، ސްޓްރެޓަޖިކް ޕްލޭން އެނުއަލް ވާރކް ޕްލޭން) އެހެން ޑިޕާޓްމަންޓްތަކާއި ޑިވިޝަންތަކާ ގުޅިގެން އެކުލަވައިލުމުގައި އެހީތެރިވެދިނުން.
  2. ޕްލޭންތައް ތަންފީޒު ކުރެވެމުންދާ މިންވަރު އެހެން ޑިޕާޓްމަންޓްތަކާއި ޑިވިޝަންތަކާއި ގުޅިގެން މޮނިޓަރކުރުމުގައި އެހީތެރިވެދިނުން.
  3. ގައުމީ ފެންވަރުގައި ހެދޭ ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތްކުރުން.
  4. ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ އެކްޝަން ޕްލޭންތައް ހެދުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަށްޓަކައި ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
  5. ޤައުމީ ފެންވަރުގައާއި، އަދި އެހެނިހެން ދާއިރާތަކުން އިންތިޒާމުކުރާ ބައްދަލުވުންތަކުގައި ޕްލޭނިންގާ ގުޅުންހުރި ނިންމުންތަކުގެ ފޮލޯއަޕް މަސައްކަތް ކުރުން.
  6. މިނިސްޓްރީގެ މެންޑޭޓްގެ ތެރެއިން ސެކްޝަނުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ސުޕަވައިޒަރުގެ ލަފާގެމަތިން އެކަންކަން ކުރިޔަށް ގެންދާނޭ ގޮތްތައް ރާވައި ހިންގުމާއި އަދި އެކުލަވައިލެވިފައިވާ ޕްލޭންތަކުގައި ހިމެނިފައިނުވާ ސެކްޝަނާއި ގުޅުންހުރި މުހިއްމު ކަމެއް ދިމާވެއްޖެނަމަ އެކަމެއް ކުރުމުގައި ޙަރަކާތްތެރިވުން.
  7. މިނިސްޓްރީގެ ބަޖެޓުގައި ހިމެނުމަށް ސެކްޝަންގެ ބަޖެޓް ތައްޔާރުކޮށް ބަޖެޓް ސެކްޝަނާއި ހަވާލުކުރުން
  8. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހައި ކަންތައްތަކަށް ޢަމަލު ކުރުން.
މަޤާމް :ޕްލޭނިންގ އޮފިސަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

01

 

މަގާމުގެ ކްލެސިފިކެޝަން: ސީނިއަރ އޮފިސަރ ގްރޭޑް1 /.ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:MS1

 

މުސާރަ

މަހަކު -/5610

ސަރވިސް އެލަވަންސް

މަހަކު -/2000

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޑިސްއެބިލިޓީ ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން ޑިވިޝަން

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީއަށް ހުށަހެޅޭ، ނުކުޅެދުންތެރިކަމާ ގުޅޭ ކުޑަކުދިންނާއި، އަންހެނުން، އުމުރުން ދުވަސްވީ މީހުން އަދި ޢާއިލާތަކާ އެކީގައި މަސައްކަތް ކުރުން
  2. ހުށަހެޅޭ ނުކުޅެދުންތެރިކަމާ ގުޅޭ މައްސަލަތައް ފައިލް ތައްޔާރުކޮށް އެ މައްސަލައެއްގައި ހިމެނޭ ފަރާތެއްގެ ހިސްޓްރީ ތައްޔާރު ކުރުމަށްފަހު އެސެސްމަންޓް ހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދައި، ކަމާގުޅޭ ދާއިރާތައްކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީ ކޯޓް ފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއެކު، މައްސަލައާ ގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓްތައް ލަސްނުކޮށް އެ ފަރާތްތަކަށް ފޮނުވުމާއެކު މައްސަލަ ކުރިއަށް ގެންދިއުން
  3. މިނިސްޓްރީއަށް ހުށަހެޅޭ ނުކުޅެދުންތެރިކަމާ ގުޅޭ މައްސަލަތަކުގައި މި ދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން
  4. މިނިސްޓްރީއަށް ހުށަހެޅިގެން ކުރިއަށް ގެންދެވޭ ނުކުޅެދުންތެރިކަމާއި ގުޅޭ މައްސަލަތަކުގައި ގަވާއިދުން ހޯމް ވިޒިޓް ހެދުން އަދި މައްސަލައިގައި ހިމެނޭ ކުޑަކުދިންނާއި، އަންހެނުން، އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ސީދާ ބައްދަލުވެ ހާލަތު ބެލުން އަދި ހުށަހެޅޭ މައްސަލަތަކުގައި އިންޓޭކްފޯމް ފުރާ ކޭސް ރެޖިސްޓްރީކޮށް ކޭސް އެލޮކޭޝަންއަށް ކޭސްފައިލް ތައްޔާރުކުރުން
  5. ހުށަހެޅޭ ނުކުޅެދުންތެރިކަމާ ގުޅޭ މައްސަލަތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް ލިބޭ ފަދަ ސީރިއަސް ނުވަތަ ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އެ މައްސަލައެއް ސެކްޝަންގެ އިސްވެރިޔާއަށް ރިޕޯޓުކުރުން އަދި ވެރިޔާގެ ލަފާގެ މަތިން މައްސަލާގައި ހިމެނޭ ވިކްޓިމަށް، ކަމާގުޅޭ ދާއިރާތަކާ ގުޅިގެން އަވަސް ޙިމާޔަތެއް ހޯދައިދިނުމަށް މަސައްކަތްކުރުން.
  6. އަތޮޅުތަކުން ހުށަހެޅޭ ނުކުޅެދުންތެރިކަމާ ގުޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ހާލަތު ބެލުމަށް (މަޢުލޫމާތު ނެގުމަށް) ނުވަތަ އެފަދަ ކުއްޖަކު/ މީހަކު ކުއްލިގޮތަކަށް މާލެ ގެނައުމަށް ރަށްރަށަށް ދާންޖެހިއްޖެ ހިނދެއްގައި އެ ރަށަށް ގޮސް މަޢުލޫމާތު ނެގުން ނުވަތަ ޕްރޮސީޖަރގައި ވާގޮތުގެ މަތިން އެފަދަ ފަރާތްތައް މާލެ ގެނައުން.
  7. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހައި ކަންތައްތަކަށް އަމަލު ކުރުން.
މަޤާމް :އެސިސްޓެންޓް ސޯޝަލް ސަރވިސް ވަރކަރ
ބޭނުންވާ އަދަދު :1

ބޭނުންވާ ޢަދަދު

01

 

މަގާމުގެ ކްލެސިފިކެޝަން:އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:GS4

 

މުސާރަ

މަހަކު -/5020

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / ޗައިލްޑް ރައިޓްސް ޕްރޮޓެކްޝަން އެންޑް ޕްރޮމޯޝަން

ތައުލީމާއި ތަޖުރިބާ

  1. ސޯޝަލް ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު ، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ސޯޝަލް  ސައިންސްގެ ދާއިރާއަކުން ސެޓްފިކެޓް ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- މިނިސްޓްރީއަށް ހުށަހެޅޭ، ކުޑަކުދިންނާއި، އަންހެނުން، ޢުމުރުންދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުން އަދި ޢާއިލާތަކާ އެކީ މަސައްކަތް ކުރުން

2- ހުށަހެޅޭ މައްސަލަތަކުގެ އެސެސްމަންޓް ހަދަންޖެހިއްޖެ ހިނދެއްގައި އެސެސްމެންޓް ހަދާ، ކަމާގުޅޭ ދާއިރާތައް ކަމަށްވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، އަދި ފެމިލީ ކޯޓްފަދަ ސަރުކާރުގެ މުއައްސަސާތަކަށް އެއްބާރުލުން ދިނުމާއި އެކު، މައްސަލައާ ގުޅިގެން ފޮނުވަންޖެހޭ ރެފަރަލްތަކާއި އެސެސްމެންޓް ރިޕޯޓްތައް ލަސްނުކޮށް އެ ފަރާތްތަކަށް ފޮނުވުމާއެކު މައްސަލަ ކުރިއަށް ގެންދިއުން

3- މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގައި މިދާއިރާ އާ ގުޅުންހުރި ޤާނޫނުތަކާ ގަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުން

4- މިނިސްޓްރީއަށް ހުށަހެޅިގެން ކުރިއަށް ގެންދެވޭ މައްސަލަތަކުގައި ގަވާއިދުން ހޯމް ވިޒިޓް ހެދުން އަދި މައްސަލައިގައި ހިމެނޭ ކުޑަކުދިންނާއި، އަންހެނުން، އުމުރުން ދުވަސްވީ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ސީދާ ބައްދަލުވެ ހާލަތު ބެލުން އަދި ހުށަހެޅޭ މައްސަލަތަކުގައި އިންޓޭކް ފޯމު ފުރާ ކޭސް ރެޖިސްޓްރީކޮށް ކޭސް އެލޮކޭޝަންއަށް ކޭސް ފައިލް ތައްޔާރުކުރުން

5- ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް ލިބޭ ފަދަ ސީރިއަސް ނުވަތަ ކުއްލި ހާލަތެއް ދިމާވެއްޖެނަމަ އެ މައްސަލައެއް ސެކްޝަންގެ އިސްވެރިޔާއަށް ރިޕޯޓުކުރުން އަދި ވެރިޔާގެ ލަފާގެމަތިން މައްސަލާގައި ހިމެނޭ ވިކްޓިމްއަށް، ކަމާގުޅޭ ދާއިރާތަކާ ގުޅިގެން އަވަސް ޙިމާޔަތެއް ހޯދައިދިނުމަށް މަސައްކަތްކުރުން.

6- އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ފަރާތެއްގެ ހާލަތު ބެލުމަށް (މަޢުލޫމާތު ނެގުމަށް) ނުވަތަ އެފަދަ ކުއްޖަކު/މީހަކު ކުއްލިގޮތަކަށް މާލެ ގެނައުމަށް ރަށްރަށަށް ދާންޖެހިއްޖެ ހިނދެއްގައި އެ ރަށަށްގޮސް މަޢުލޫމާތު ނެގުން ނުވަތަ ޕްރޮސީޖަރުގައި ވާގޮތުގެ މަތިން އެފަދަ ފަރާތްތައް މާލެ ގެނައުން.

7- ކޭސް ކޮންފަރެންސްތަކުގައި ބައިވެރިވެ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުން

8- ހަމަޖެހިފައިވާ ގަވާއިދުގެ މަތިން އޮންކޯލް އަދި ހެލްޕްލައިން ޑިޔުޓީ އަދާކުރުމާއި އަހަރީ ރިޕޯޓަށް ބޭނުންވާ ކުއެސްޝަނާރ ފޯމުތައް ތައްޔާރުކުރުން އަދި ކޭސް އެލޮކޭޝަންގައި ބައިވެރިވުން

9- ކުޑަކުދިންނާއި، އަންހެނުން، އާއިލާތަކާއި، އުމުރުން ދުވަސްވީ މީހުންނާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާ ބެހޭގޮތުން މުޖްތަމަޢު (އެންޖީއޯ، މީޑިޔާ ފަދަ ދާއިރާތައް) ހޭލުންތެރިކުރުވުމަށް މާލެއާއި އަތޮޅުތަކުގައި ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުމުގައި އެހީތެރިވުން.

10- މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކުގެ ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވުން.

11- އެކިއެކި މަސައްކަތްތަކުގައި މުޢާމަލާތް ކުރާއިރު ވަކިޖިންސަކަށް ވަކި ގިންތިއަކަށް ވަކި އުމުރަކަށް ނުވަތަ މީހެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް ބެލުމަކާ ނުލައި ހަމަހަމަ އުސޫލެއްގެ މަތިން މަސައްކަތް ކުރުން 

12- އެ މުވައްޒަފަކު ހަވާލުވެގެން ކުރެވޭ ހުރިހާ މަސައްކަތެއް ގަވާއިދުން ފައިލްކުރުން އަދި ޙަވާލުވެގެން ކުރާ މަސައްކަތުގެ ރިކޯޑުތައް މިނިސްޓްރީގެ ސަރވަރއަށް ގަވާއިދުން އަޕްޑޭޓް ކުރުން.

13- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭ ގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން

14- ހަމަޖެހިފައިވާ އުސޫލަތުން ސެކްޝަނަށް އަންނަ ލިޔެކިޔުންތަކުގެ އެންޓްރީ އަދި ޔައުމިއްޔާގެ މަސައްކަތް ކުރުން.

15- ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ރޭޑިއޯ ޕްރޮގްރާމްތަކަށް މަޢުލޫމާތު ދިނުން

16- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓަށް ޢަމަލު ކުރުން.

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ބޭނުންވާ ޢަދަދު

01

 

މަގާމުގެ ކްލެސިފިކެޝަން: އޮފިސަރ ގޮރޭޑް2 / އ.ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:GS4

 

މުސާރަ

މަހަކު -/5020

ސަރވިސް އެލަވަންސް

މަހަކު -/1500

މަސައްކަތް ކުރަންޖެހޭތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / އެޑްމިނިސްޓްރޭޝަން / ފްރަންޓް އޮފީސް

ތައުލީމާއި ތަޖުރިބާ

  1. އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު ، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް  އިމްތިޙާނުގައި "ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮފީހަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދާރީވުމާއި ކަމާބެހޭ ފަރާތްތަކަށް ޕާސްކުރުން.
  2. މިނިސްޓްރީއަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  3. މިނިސްޓްރީއަށް އަންނަ ލިޔެކިޔުންތައް ދުވަހުން ދުވަހަށް އެންޓްރީ ކޮށް ބެލެހެއްޓުން
  4. މިނިސްޓްރީއަށް ލިބޭ ލިޔެކިޔުންތައް ކަމާ ގުޅޭ ސެކްޝަންތަކާއި ހަވާލުކުރުން.
  5. ސެކްޝަނަށް ލިބޭ ލިޔުންތަކަށް ސެކްޝަންގެ ވެރިއެއްގެ މަޝްވަރާގެ ދަށުން ބެލެހެއްޓުމާއި، ތައްޔާރު ކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން، އަދި ސެކްޝަނުން ފޮނުވާ ލިޔުންތަކަށް ވާނުވާ ބެލުމާއި، ގުޅުން ހުރި މަޢުލޫމާތު ދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ދިނުން.
  6. ސެކްޝަންގެ ގުޅުންހުރި ލިޔުންތައް އުސޫލުތަކާ އެއްގޮތަށް ފައިލުކޮށް ބެލެހެއްޓުން.
  7. ސެކްޝަނުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ) އެކްރިޑިޓް ނުކުރާ ސެޓްފިކޭޓް ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު) ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން

ސުންގަޑި

2016 ފެބުރުވަރީ 17 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ދެވަނަ ފަންގި ފިލާގައި. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ  3013019/3027549 އެވެ. ވަޒީފާއަށް އެދޭ ފޯމް މިމިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

  • 2016 ފެބުރުވަރީ 08 ވާ ހޯމަ  ދުވަހުން ފެށިގެން  2016 ފެބުރުވަރީ 17 ވާ ބުދަ ދުވަހުގެ ނިޔަލަށް ގެޒެޓް ނެރުއްވާ ދުވަސް ދުވަހު ގެޒެޓުގައި ޝާއިޢު ކޮށްދެއްވުން އެދެމެވެ. 
 
08 ފެބުރުވަރީ 2016