ނީލަން
ނަންބަރު: (IUL)133-AS/133/2026/21
ޕަބްލިޝްކުރި ތާރީޚް: 09 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:19
ސުންގަޑި: 11 އޮގަސްޓް 2026 15:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ނީލަން ކިޔުން

މި ޑިޕާޓްމަންޓުގެ ބައެއް މުދާތައް 11 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 13:00 އާ 15:00 ދެމެދު ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައިވެއެވެ.  ނީލަން ކިޔުމަށް ހަމަޖެހިފައިވާ މުދަލުގެ މަޢުލޫމާތާއި، މުދަލުގެ އަގުތަށް އެނގޭނޭ ލިސްޓު މި އިޢުލާނާއި އެކު ހިމެނިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެ، ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ތިންދުވަހުގެ ތެރޭގައި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މި ޑިޕާޓްމަންޓަށް ފައިސާ ދެއްކުމަށްފަހު، މުދާ ގެންދަންވާނެއެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް ވެލާނާ ބިލްޑިންގ 4 ވަނަ ފަންގިފިލާއަށް ވަޑައިގަތުމަށް ދަންނަވަމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށް ވެސް ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

09 އޮގަސްޓް 2026