ދިވެހިރާއްޖެ
އިޢުލާން
އިންޓަރނޭޝަނަލް ޓަގުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރަޖިސްޓަރީއެއް އެކުލަވައިލުން:
މިކުންފުނީގެ ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ އިންޓަރނޭޝަނަލް ޓަގުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް، ވަގުތީ ކޮންޓްރެކްޓްގެ އުސޫލުން މަސައްކަތްކުރާނެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވައިލުމަށް ބޭނުންވެއެވެ.
# |
މަޤާމް |
ޖުމްލަ މުސާރަ (ރުފިޔާ) |
1 |
މާސްޓަރ |
29500.00 |
2 |
ޗީފް އިންޖިނިއަރ |
26000.00 |
3 |
ސެކަންޑް އިންޖިނިއަރ |
24000.00 |
4 |
ޗީފް އޮފިސަރ |
25000.00 |
5 |
ވޮޗްކީޕިންގ އޮފިސަރ |
22000.00 |
6 |
ބޯސަން |
12500.00 |
7 |
އޮއިލަރ |
10500.00 |
8 |
ވެލްޑަރ |
11000.00 |
9 |
އޭބަލް ބޮޑީ |
10500.00 |
10 |
ކައްކާ |
11000.00 |
ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުރި ތިރީގައި މިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ދަފުތަރުގައި ނަން ނޯޓު ކުރެއްވުމަށް 08 - 18 ފެބުރުވަރީ 2016 ގެ 10:00 ން 13:00 އާ ދެމެދު ހިއުމަން ރިސޯރސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް (އެމް.ޓީ.ސީ.ސީ ޓަވަރ – 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ދެއްވުން އެދެމެވެ.
ޝަރުޠު:
މަޤާމުގެ ކޮމްޕީޓެންސީ ސެޓްފިކެޓް ލިބިފައިވުން.
މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭޝަންގެ ގަވާއިދާ އެއްގޮތްވާ ގޮތަށް ހޯދަންޖެހޭ ސެޓްފިކެޓުތަކާއި ހަދަންޖެހޭ ތަމްރީންތައް ހަދާފައިވުން.
އުމުރުން 60 އަހަރަށްވުރެ ދޮށީ މީހަކަށް ނުވުން.
މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި، ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
ވަޒީފާގެ ބާވަތް: ވަގުތީ
ޑިޕާޓްމަންޓް: ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް
މަސައްކަތް ކުރަންޖެހޭ ތަން: އިންޓަރނޭޝަނަލް ޓަގު (މާލެ/ އިންޑިއާ/ ސްރީލަންކާ /މެލޭޝިޔާއާ ދެމެދު ދަތުރުކުރާ ޓަގު)
އެހެނިހެން އިނާޔަތް: ވޮޔޭޖް އެލަވަންސް-/500ރ. ކޮންމެ ދަތުރެއް ނިމުމުން.
28 ރަބީޢުލްއާޚިރު 1437