މަސައްކަތް
ނަންބަރު: (IUL)MMPRC-HAS/1/2016/6
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި: 15 ފެބުރުވަރީ 2016 10:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އަރބަން ޕްލޭންކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ލ.ބަރެސްދޫ ތަރައްޤީ ކުރުމަށް އަރބަން ޕްލޭން ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ލ.ބަރެސްދޫ އިންޓަގްރޭޓޭޑް ރިޒޯޓް ޕްރޮޖެކްޓް ތަރައްޤީކުރުމަށްޓަކައި "އަރބަން ޕްލޭން" ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.  އެހެންނަމަވެސް މިކަމަށް ބޭނުންވެގެން މި ކޯޕަރޭޝަނުން ކުރެވުނު އިޢުލާން ނަންބަރު (IUL)MMPRC-HAS/1/2015/79 އާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހުޅުވާލުމުން އެދެވިގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.     

ވީމާ، މި މަސައްކަތައް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 10.30 އަށް މި ކޯޕަރޭޝަނަށް (ވެލާނާގޭ، 4 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ފެބުރުވަރީ 22 ވާ ހޯމަ ދުވަހުގެ ހެނދުނު 10.30 އަށް ވަޑައިގެން އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

30 ރަބީޢުލްއާޚިރު 1437

09 ފެބުރުވަރީ 2016