ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2026/63
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 21:02
ސުންގަޑި:
16 އޮގަސްޓް 2026 10:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހަރަހެރި 3 ގުދަނުގައި ހުރި ބައިސްކަލުތައް އާންމު ރައްޔިތުންނަށް ދޫކުރުމާ ގުޅޭ
ސޮނެވާ ޖާނީގެ ފަރާތުން މި ކައުންސިލަށް ހަދިޔާކޮށްފައިވާ ބައިސްކަލުތަކުގެ ތެރެއިން "ހަރަހެރި 3" ގުދަނުގައި ހުރި ބައިސްކަލުތައް، ރަށުގެ އާންމު ރައްވެހިންނަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.
އެގޮތުން، މި ބައިސްކަލުތަކާ ހަވާލުވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ބައިސްކަލު ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
ވީމާ، ބައިސްކަލްތަކާ ހަވާލުވުމަށް ބޭނުންވާ ރަށުގެ ރައްވެހިން 16 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް ނ. ކެނދިކުޅުދޫ ކުޅުދޫ އަވަށު ޕްރީސްކޫލް ދޮރުމައްޗަށް ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. މި ބައިސްކަލުތައް ދޫކުރެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
06 އޮގަސްޓް 2026