ވަޒީފާގެ ފުރުޞަތު
ނަންބަރު: 198-A/2016/18
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 22 ފެބުރުވަރީ 2016 15:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ކޯޓް މާސްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ޑިޕާޓްމަންޓުގެ ނަންބަރު 2015/115 (9 ނޮވެންބަރު 2015) ގެ އިޢުލާނުން، ހައިކޯޓު ދެކުނު ގޮފީގެ "ކޯޓް މާސްޓަރ" މަޤާމަށް ފުރުޞަތު ހުޅުވައިލުމުން، އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަޤާމަށް އަލުން އިޢުލާން ކުރީމެވެ.

މަޤާމު:

ކޯޓް މާސްޓަރ

މަޤާމުގެ ރޭންކް: ޖީ. އެސް. 4

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

ހައިކޯޓުގެ ދެކުނު ގޮފި / ސ. ހުޅުދޫ – ސ. މީދޫ، ދިވެހިރާއްޖެ

އަސާސީ މުސާރަ:

-/5020 ރުފިޔާ

އެލަވަންސް:

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %45

- ސަރވިސް އެލަވަންސް: -/1500 ރުފިޔާ

- ލިވިންގ އެލަވަންސް: -/2850 ރުފިޔާ

- ރިސްކް އެލަވަންސް: -/3000 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސަރުކާރުގެ ލޯއެންފޯސްމަންޓް ދާއިރާއެއްގައި GS3 ގެ ރޭންކުގައި ނުވަތަ އެއަށްވުރެ މަތީ މަޤާމެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

3- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، GS3 ގެ ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުޠު:

  • ދިވެހިބަހާއި އިނގިރޭސިބަހުން ރީތިކޮށް މުޢާމަލާތްކުރަން އެނގުން.
  • އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުމާއެކު، އަދި އެހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމް ތަންފީޒުކުރިތާ 7 އަހަރުދުވަސް ވެފައިވުން.
  • އުމުރުން 18 އަހަރު ފުރި، 45 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.
  • މާލެއާއި ރާއްޖޭގެ ރަށްރަށުގައި ޤާއިމްކޮށްފައި ހުންނަ ކޯޓުތަކުގައި ޓާމް ޑިއުޓީ ކުރެވޭނެ މީހެއްކަމުގައިވުން.
  •  ފިރިހެނެއްނަމަ، އިސްކޮޅުގައި 5 ފޫޓު 3 އިންޗި ހުރުން، އަންހެނެއްނަމަ 5 ފޫޓު ހުރުން.
  • ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތެއްކަމުގައިވުން.
  • B1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

1- ޝަރީޢަތުގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

2- ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރެވޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

3- ކޯޓުގެ އުޅަނދު ދުއްވުމުގެ މަސައްކަތް ކުރުން.

4- ކޯޓުގެ ތެރޭގައި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި، ކޯޓުތެރޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

5- ކޯޓުރޫމްގެ ސެކިއުރިޓީ އާގުޅޭ އިންތިޒާމުތައް ބެލެހެއްޓުން.

6- ފަނޑިޔާރުން އެސްކޯޓްކުރުމުގެ މަސައްކަތް ކުރުން.

މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު:

1- މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތްތައް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

2- ޕަބްލިކް އޯޑަރ ޓްރޭނިންގ، ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިންގ ނުވަތަ ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ ފަދަ ޓްރޭނިންގ ހަދާފައިވާ ފަރާތްތަކާއި، B1 ކެޓަގަރީގެ ލައިސަންސް އޮތް ފަރާތްތައް ފިޔަވައި އެހެން ފަރާތްތައް ވަޒީފާއަށް ހޮވުމުގެ ކުރިން، މި ޑިޕާޓްމަންޓުން ދޭ ދުއްވުމުގެ ޓެސްޓާއި، ފިޒިކަލް ފިޓްނަސް ބެލުމުގެ ޓެސްޓަކުން ފާސްވާންޖެހޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާސްކްރިޕްޓުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތެއްނަމަ، އެމް.ކިއު.އޭ އިން އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

7- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި:

2016 ފެބުރުވަރީ 22 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ހައިކޯޓުގެ ދެކުނު ގޮތްޕަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުން އެދެމެވެ.  

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، ހައިކޯޓު ދެކުނު ގޮފިންނާއި، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
  • ހައިކޯޓު ދެކުނު ގޮތްޕަށް އަދި ޑިޕާޓްމަންޓަށް ވަޒީފާއަށް އެދޭ  ފޯމު  ހުށަހަޅާ  ފަރާތްތަކުން  ހުށަހަޅާނީ،  ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ފޯނު ނަންބަރަކީ، 3006280 އެވެ. 
  • ވަޒީފާއަށް  ކުރިމަތިލާ  ފަރާތްތަކުގެ  ތެރެއިން  އެޕްލިކޭޝަން  ފޯމާއެކު  ހުށަހަޅަންޖެހޭ  ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލުކުރެވޭނެއެވެ.
  • އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތުގެ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން،  ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދެވޭ ފަރާތްތަކާއި، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފެންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާ އެއްގޮތްކަން ކަށަވަރު ކުރެވޭނެއެވެ. މި މަޤާމަށް ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށް އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ދުވަސް ފަހުން އަންގާނެއެވެ.

 30 ރަބީޢުލްއާޚިރު 1437

09 ފެބުރުވަރީ 2016