މުބާރާތް
ނަންބަރު: (IUL)421/ESMSED/421/2026/24
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 21:54
ސުންގަޑި: 16 އޮގަސްޓް 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ވާދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2026 ހިންގައިދޭނެ ފަރާތެއް ހޯދުން

                                 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2026/24

ތާރީޚް

‏ 23 ޞަފަރު 1448

 06 އޮގަސްޓް 2026

 

ކައުންސިލް ފުޓްސަލް ޗެލެންޖް 2026

 

             ގދ.ވާދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2026 ހިންގައިދޭނެ ފަރާތެއް ހޯދުމަށްކުރި މިކައުންސިލްގެެ ނަންބަރު (IUL)421/ESMSED/421/2026/23 އިޢުލާން، އިދާރީގޮތުން ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމަށްޓަކާ ބާޠިލް ކުރުމަށްފަހު އަލުން އެފުރުސަތު ހުޅުވާލަމެވެ.

             ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއި އެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާގޮތުގެ މަތިން މުބާރާތުގެ ކަންތައްތައް ރާވައި ހިންގާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2026 ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.

            ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ މި އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ޝީޓުގެެ ޖަދުވަލް 1 ގައިވާ ގޮތުގެ މަތީންނެވެ. އެގޮތުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 16 އޮގަސްޓް 2026 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ޕްރޮޕޯސަލް މެއިލްކުރައްވާނީ [email protected]  އަށް ކަމުގައިވެސް ދަންނަވަމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

 

 

 

                                                                ލަމްއާން ވަޙީދު

                                                              ކައުންސިލްގެ ރައީސް                                                          

06 އޮގަސްޓް 2026