ދިވެހިރާއްޖެ
އިޢުލާން
ދިވެހިރާއްޖޭހެ އިސްލާމީ ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ކޮންފަރެންސް އައި.ސީ.އައި.އޭގައި އެކޮމޮޑޭޝަން ޕަރޓްނަރެއްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
ދިވެހިރާއްޖޭހެ އިސްލާމީ ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ކޮންފަރެންސް އައި.ސީ.އައި.އޭގައި އެކޮމޮޑޭޝަން ޕަރޓްނަރެއްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކީ އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވަން ބޭނުންވެލައްވާނަމަ 16 އޮގަސްޓް 2026ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް މެއިލްކޮށްދެއްވުން އެދެމެވެ.
މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 17 އޮގަސްޓް 2026 ހޯމަ ދުވަހުގެ 09:30 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.
23 ޞަފަރު 1448