ދިވެހިރާއްޖެ
|
2026 ވަނަ އަހަރުގެ ނޮވެމްބަރު/ޑިސެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަހާދާ އިޢުދާދީ އަދި ޝަހާދާ ސާނަވީ އިމްތިހާނުތަކުގެ ސުވާލު ކަރުދާސް ރިވިއު ކުރުމާއި މާކިންގ މަސައްކަތްތައް ކުރުމަށް ކޮންޓްރެކްޓް އުސޫލުން ލީޑު އެގްޒަމިނަރުންގެ މަޤާމަށް މީހުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ. |
||
|
މަޤާމް: ލީޑު އެގްޒެމިނަރ (ކޮންޓްރެކްޓް) 1. ޝަރުއީ އަދި ލޭންގުއޭޖު އެންޑް ސޯޝަލްސައިންސްގެ މާއްދާތައް ބެލެހެއްޓުން 2. މެތުސް އަދި ސައިންސްގެ މާއްދާތައް ބެލެހެއްޓުމަށް |
2 |
|
|
މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް: |
2026 ސެޕްޓެމްބަރ 20 އިން 2027 ފެބްރުވަރީ 18 އަށް ( މެންދުރު 14:30 އިން ރޭގަނޑު 20:00 އަށް)
|
|
|
އުޖޫރަ: |
12000:00 ރުފިޔާ ( ބާރަހާސް ރުފިޔާ )
12000:00 ރުފިޔާ ( ބާރަހާސް ރުފިޔާ ) |
|
|
ޝަރުޠު: |
|
|
|
މަސްޢޫލިއްޔަތު: |
1. ސުވާލުތައް ހެދިފައިވަނީ ޓޭބަލް އޮފް ސްޕެސިފިކޭޝަނާއި އެއް ގޮތަށްތޯ ބެލުން 2. ސުވާލު ހެދިފައި ވަނީ މުގަރައްރުގައި ހިމެނޭ އައުޓްކަމްތަކަށް ބަލައިގެންތޯ ބެލުން 3. އިމްތިހާނުގެ މާކިންސްކީމްފައިނަލް ކުރުމާއި މަކަރުންނަށް ދޭންވާ ލަޔަޔާއި އިރުޝާދު ދިނުން 4. މާކިން މަސައްކަތް ހިނގަމުން ދާއިރު، ބެލެހެއްޓުމުގެ މަސްއޫލިޔައްތު މަތިކޮށްފައިވާ ފަރާތްތަކުގެ މާކިން މަސައްކަތް ބެލެހެއްޓުން 5. މާކިން މަސައްކަތް ކުރައްވާ ފަރާތްތަކަށް ދޭންޖެހޭ ފަންނީ ލަފަޔާ އިރުޝާދު ދިނުމާއެކު ނިންމަންޖެހޭ ނިންމުންތައް ނިންމުން. 6. މާކިން މަސައްކަތް ހިގަމުންދާއިރު މާކުކުރާ އެންމެހާ ފަރާތްތަކުގެ މާކިން މިންގަނޑު އެއްހަމަ ކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން 7. މާކިން މަސައްކަތް ނިމުމުން މާކިން ހިނގާދިޔަ ގޮތުގެ ރިޕޯޓާއި މާއްދާ ރިޕޯޓް ނިންމުން 8. ޑީ.ޕީ.އީ އިން އެދިއްޖެ ހާލަތެއްގައި ރީ.ޗެކް އަށް އެދޭ ކެނޑިޑޭޓުންގެ ޖަވާބު ކަރުދާސްތައް މާކު ކުރުން
|
|
|
މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ: |
|
|
|
އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް: |
1- މި މަޤާމަށް ނަގާނީ، ލިބިފައިވާ ތަޢުލީމާއި މަސައްކަތުގެ އަމަލީ ތަޖްރިބާ އަދި އިންޓަރވިއުއަށް ބަލައިގެން، ޕޮއިންޓްދޭ އުޞޫލުން، އެންމެމަތިން މާކުސް ލިބޭފަރާތެކެވެ. |
|
|
ހުށަހަޅަންޖެހޭ ތަކެތި: |
ނޯޓް: މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް (ހުށަހަޅަންޖެހޭ ތަކެތި) އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ. އެފް ފޯމެޓަށް ތައްޔާރުކޮށް ގޫގުލް ފޯމުގައި އެޓޭޗު ކުރަންވާނެއެވެ. |
|
|
ސުންގަޑި: |
2026 އޯގަސްޓު 17 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން |
|
|
އެދެންވީ ގޮތް: |
https://forms.gle/LtQ9Uho5Xdnk3dXw8
|
|