ދިވެހިރާއްޖެ
މަޤާމް: ސީނިއަރ މެނޭޖަރ، އިންވެސްޓްމެންޓް އެންޑް އެޑްވައިޒަރީ ސަރވިސަސް
މަޤާމުގެ ބާވަތް: ދާއިމީ
ޑިވިޜަން: އިންވެސްޓްމެންޓް އެންޑް ރިސާރޗް
ބޭނުންވާ ޢަދަދު: 01
ކޮންޓްރެކްޓްގެ މުއްދަތު: ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާ:
-
އިކޮނޮމިކްސް، އިންވެސްޓްމަންޓް މެނޭޖްމެންޓް، ފައިނޭންސް ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ) ޕްރޮފެޝަނަލް ސަނަދެއް ޙާޞިލުކޮށްފައިވުން. އަދި، މަސައްކަތާ ގުޅޭ ދާއިރާއެއްގެ ހިންގުމުގެ ފަންތީގެ މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
-
އިކޮނޮމިކްސް، އިންވެސްޓްމަންޓް މެނޭޖްމެންޓް، ފައިނޭންސް ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ހާޞިލްކޮށްފައިވުން. އަދި، މަސައްކަތާ ގުޅޭ ދާއިރާއެއްގެ ހިންގުމުގެ ފަންތީގެ މަދުވެގެން 4 (ހަތަރެއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މުސާރަ އާއި ޢިނާޔަތްތައް:
-
އަސާސީ މުސާރައާއި ޢިނާޔަތްތައް ހިމެނޭ ގޮތަށް މަހަކު ޖުމްލަ 37,000.00ރ - 40,000.00ރ އާ ދެމެދުގެ ޢަދަދެއް ދެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތައް:
މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.
އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށެވެ.
ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
-
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓްކޮށް، އަޞްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ .
-
މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް.
-
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
-
ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).
-
ޕޮލިސް ރިޕޯޓު (ދޫކުރިތާ 4 މަސް ނުވާ).
އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އިމްތިޙާނު ބޭއްވޭނީ 18 އޮގަސްޓު 2026 އާއި 3 ސެޕްޓެންބަރު 2026 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ.
ނޯޓު:
-
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
-
އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޮގަސްޓު 2026 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.