ދިވެހިރާއްޖެ
ހއ. ފިއްލަދޫ ފަސްމަގު (ނަރުދަމާ އައުޓް ފޯލް އަޅާފައިވާ މަގުގެ) އުތުރުން ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް (ޕޯލްޓަރީ ފާރމް ތަރައްޤީކުރުމަށް) 5000 އަކަފޫޓްގެ 4 ބިން ކުއްޔަށް ނެގުމުގެ ފުރުސަތު ހުޅުވާލާމެވެ. މިބިންތައް ކުއްޔަށް ދޫކުރެވޭނީ 20 (ވިހި) އަހަރު ދުވަހުގެ މުއްދަތަށެވެ. ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް (ޕޯލްޓަރީ ފާރމް ތަރައްޤީކުރުމަށް) ބިން ދޫކުރުމުގެ އުޞޫލް މިޢިއުލާނާއެކު އާއްމުކުރެވިފައިވާނެއެވެ. މިއުޞޫލްގައި ޕްރޮޕޯޒަލްތައް އިވެލިއުޓޭކުރެވޭނެ މިންގަނޑުތައް ހިމެނިފައިވާނެކަން ދަންނަވަމެވެ. ވީމާ، ޕްރޮޕޯޒަލް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވާ ޕްރޮޕޯޒަލް ހުށަހެޅުއްވުންއެދެމެވެ.
ޕްރޮޕޯޒަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޕާޓްނަރޝިޕްތަކަށާއި ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު ) ދަށުން މިނިސްޓްރީ އޮފް އެކޮނަމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ. ޕްރޮޕޯޒަލް ހުށަހެޅުމަށް ބައިވެރިވުމަށްއެދޭ ފަރާތްތަކުން ތިރީގައި މިދަންނަވާ ލިންކް މެދުވެރިކޮށް ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުމަށް ދަންނަވަމެވެ. ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީކުރުމުގެ ފީއެއްގެ ގޮތުގައި ކޮންމެ ފަރާތަކުންވެސް -/500ރ (ފައްސަތޭކަ ރުފިޔާ) ކައުންސިލަށް ދައްކަންޖެހޭނެއެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 16 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން ޕްރޮޕޯސަލް ހަށަހެޅުއްވުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅާނީ 19 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 13:00 ށެވެ. ޕްރޮޕޯޒަލް ހުށަހެޅުމާއި، ޕްރޮޕޯޒަލް ހުޅުވުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ އެއް ހާޟިރުގައެވެ. ހުށަހަޅާ ޕްރޮޕޯޒަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500023 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.