ތަމްރީނު
ނަންބަރު: (IUL)160-AS/160/2026/3
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި:
25 އޮގަސްޓް 2026 13:00
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަދައްބުރުކޮށް ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު
ތަދައްބުރުކޮށް ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތުހުޅުވައިލުން
ކީރިތި ޤުރްއާނުގެ މާނަ ފަހުމްކޮށް އުނގެނުމާއެކު ތަދައްބުރުކޮށް ކީރިތި ޤުރްއާނާމެދު ފުންކޮށް ވިސްނައި ފިކުރުކޮށް ދެނެގަތުމަށް ދަސްކޮށްދޭ ޚާއްޞަ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރުޠު:
- ޢުމުރުން 15 އަހަރު ފުރިފައިވުން
- ފަރިތަކަމާއެކު ޤުރްއާން ކިޔަން އެނގުމާއެކު ދިވެހި ބަހުން ލިޔެކިޔަން އެނގުން
މުއްދަތު:
- 8 ހަފްތާ
ކިޔެވުން ކުރިއަށްދާނެގޮތް:
- ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހާޒިރުވެގެން (ސަލްމާން ރަސްގެފާނު މިސްކިތުގެ 3 ވަނަ ފަންގިފިލާ)
ކިޔެވުން އޮންނާނީ:
- ހަފްތާއަކު 3 ދުވަހު (ދުވާލަކު 50 މިނިޓްގެ 2 ގަޑި)
ފާށާ ތާރީޚާއި ގަޑި:
- 30 އޯގަސްޓް 2026
- 20:15 – 22:00
ޖާގަ:
- 30 ޖާގަ
ހުށަހަޅަންޖެހޭ ތަކެތި:
- އައިޑީ ކާޑުގެ ކޮޕީ
- އެންމެ މަތިން ހޯދާފައިވާ ތަޢްލީމީ ސެޓްފިކެޓް
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 25 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ގޫގުލް ފޯމް https://forms.gle/eQUSnFy5h1ym7XGF6 ފުރިހަމަ ކުރެއްވުން އެދެމެވެ.
06 އޮގަސްޓް 2026