ދިވެހިރާއްޖެ
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އަށް ބޭނުންވާ ބައެއް އައި.ޓީ އިކުއިޕްމަންޓްތައް ސަޕްލައިކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ.
ބިޑު ސެކިއުރިޓީ
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 1,000.00 (އެއް ހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ހުށަހަޅާ ބިޑް ސެކިއުރިޓީ ވާންވާނީ ދިވެހިރާއްޖޭގެ ކަމާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން ނުވަތަ އެފަދަ ފަރާތަކާއެކު ކޮރެސްޕޮ ބޭންކިންގ އެރޭންޖްމަންޓެއް ހަދައިފައިވާ ބޭންކަކުން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން މި މަސައްކަތަކަށް ދޫކޮށްފައިވާ ސެކިއުރިޓީއަކަށެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 90 ދުވަހެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަމުގެ ވެލިޑިޓީގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 120 ދުވަސް އޮންނަންވާނެއެވެ.
|
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
|
ބީލަން ހުށަހެޅުން/ހުޅުވުން |
17 އޮގަސްޓް 2026 (ހޯމަ) |
10:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2026 އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސް: [email protected]
ކޮޕީ: [email protected]