ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)449/449/2026/66
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 16 އޮގަސްޓް 2026 13:30
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ސީނިއަރ ޕަބްލިކް ހެލްތް އޮފިސަރ

އިޢުލާން

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފެކެވެ. 

މަޤާމު

ސީނިއަރ ޕަބްލިކް ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރު

J- 418206

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 7 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ތެލަސީމިއާ އެންޑް އަދަރ ހީމޯގްލޯބިނޯޕަތީސް ސެންޓަރ / ހެލްތް ޕްރޮމޯޝަން އެންޑް ޕްރިވެންޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް

މުސާރަ

-/ 10613ރުފިޔާ

މަގާމުގެ އެލަވަންސް

-/ 4953 ރުފިޔާ

ޙާޟިރީ ޢިނާޔަތް

-/ 134 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 މެއި 2023 ގެ އިސްލާހާއި) އެއްގޮތަށް އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނު (2012/4)އާއި ކަމާގުޅޭ ޤާނޫނުތަކާއި، ގަވައިދުތަކާއި، ޕޮލިސީތަކާއި، ޕްލޭންތަކާ އެއްގޮތް ވާ ގޮތުގެ މަތީން ތެލަސީމިއާ އަކީ ގައިންގަޔަށް ނާރާ ބަލި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމެއްގެ ގޮތުގައި ރާއްޖޭގައި ހިންގުން. 
  2. ތެލަސީމިއާއާ ގުޅިގެން، އާންމު ޞިއްހަތު ރާއްކާތެރިކުރުމަށް މަސައްކަތް ކުރައްވާ ޞިއްޙީ ޚިދުމަތް ތެރީންނާއި އަދި އެހެނިހެން ފަރާތްތައް ތަމްރީން ކުރުމަށާއި، ކޮންޓްރޯލްކުރުމުގެ މަސައްކަތް މޮނީޓަރ ކުރުމާއި އަދި އެކި ފަރާތްތައް ހޭލުން ތެރިކުރުމުގެ މަސައްކަތްތައް ގިނަވަގުތު ހޭދަކޮށް، ރަށްރަށަށް ގަވައިދުން ދަތުރު ކުރުމާއި އަދި އޮން-ލައިންކޮށް ވެސް ނަގައިދިނުން.
  3. ޕަބްލިކް ހެލްތު ޔުނިޓްތަކާއި، ޞިއްޙީ ޙިދުމަތްދޭ ތަންތަނާއި، އިދާރާތަކާއި އަދި ޖަމިއްޔާ ޖަމާއަތް ތަކާއެކު ވިލަރެސް ކޮށްގެން ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ހިންގުން.
  4. ތެލަސީމިއާ ތަހައްމަލުކުރަމުން އަންނަ ކުރަމުން އަންނަ އާބާދީ އަކީ، ހަކުރު ބައްޔާއި، ހިތުގެ ބަލި، ފަދަ ގައިންގަޔަށް ނާރާ ބަލިތަކާއި ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވެފައިވާ، ހޭލުންތެރި އާބާދީއެއްގެ ގޮތުގައި ބިނާކުރުމަށްޓަކައި، ސައިންޓިފިކް އިންޓަރވެންޝަންސްތައް ތަންފީޒުކުރުން އަދި މޮނީޓަރކޮށް އިވެލުއެޓް ކުރުން.
  5. ތެލަސީމިއާ ކޮންޓްރޯލް ކުރުމަށްޓަކައި، ބަލީގެ ނިސްބަތް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ޑޭޓާއާއި މައުލޫމާތު ހޯދައި އެއްކުރުމުގެ މަސައްކަތް ކުރުން.
  6. ގައުމީ ފެންވަރުގައި ތެލަސީމިއާ ކޮންޓްރޯލް ކުރުމަށްޓަކައި، ވަކިވަކި އާބާދީތަކަށް މައުލޫމާތު ދިނުމާއި، ހޭލުންތެރިކަން އިތުރު ކުރުމަށް މަދަރުސާތަކާއި، ލާމަރުކަޒީ ދާއިރާތަކުގެ ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކާއި، ކުންފުނިތަކާއި އަދި އަމިއްލަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުން.
  7. މޯލްޑިވިއަން ބްލަޑް ސާރވިސަސްގެ ޚިދުމަތްތައް މެދު ނުކެނޑި ތަރައްޤީ ކުރުމަށްޓަކައި، ހަދަންޖެހޭ ކޮންސެޕްޓް ކަރުދާސްތައް، އިނީޝިއޭޓިވް، ޕްރޮޖެކްޓް، ޕްލޭން، ހަރަކާތް، ބަޖެޓް އަދި ޓައިމް ލައިންތައް ގަވައިދުން ޑްރާފްޓްކޮށް ހުށަހެޅުން.
  8.  ލޭ ހަދިޔާ ކުރައްވާ ފަރާތްތަކާއި އަދި ޚާއްސަކޮށް އާއްމުކޮށް ލޭ ހަދިޔާ ކުރުމުގެ މުޙިއްމު ޚިދުމަތް ދޭ ފަރުދުން (ބްލަޑް ޑޯނަރުން) ގެ އަދަދު އިތުރުކުރުމަށާއި، ގަވައިދުން ލޭ ހަދިޔާ ކުރެއްވުމަށް ހިތްވަރު ދިނުމާއި އަދި ހޭލުންތެރިކުރުވުމުގެ މަސައްކަތް ފުރިހަމަކުރުން.
  9. ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅޭ، ބަޖެޓް ތައްޔާރުކުރުމާއި، އަހަރީ ރިޕޯރޓް، މަހު ރިޕޯރޓް  އަދި ދުވަހު ސްޓެޓިކްސްތައް އެއްކުރުމާއި، ޔައުމިއްޔާ ކުރުމާއި، ވެރިފައި ކުރުމާއި، އެކި ބައްދަލުވުންތަކުގެ ސެކެޓްރިއޭޓް މަސައްކަތް ކުރުމާއި، އަދި ޔައުމިއްޔާ ނިންމުން.
  10. ތެލަސީމިއާ ކުދީންގެ ގައުމީ ދަފްތަރު / ރަޖިސްޓްރީ ބެލެހެށްޓުމާއި، ސާރވިސް ޗާރޓަރ  އަދާހަމަކުރުމާއި، ދަތުރުފަތުރު ކާޑާއި އަދި ތެލަސީމިއާ އެލަވަންސްގެ ކަންކަން ކުރުމާއި ވިލަރެސްކޮށް އަދާ ހަމަކުރުމުގެ މަސައްކަތް ކުރުން.
  11. އިދާރާއިން ދޭން ނިންމާ ޚިދުމަތްތައް ޑިޖިޓަލްކުރުމާއި އަދި ޒަމާނީ ކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  12. ތެލަސީމިއާ ދުވަސް އަދި ލޭ ހަދިޔާ ކުރައްވާ މީހުންގެ ދުވަސް ފަދަ އެކިއެކި މުނާސަބު ދުވަސްތަކާއި، ހާއްސަ ދުވަސްތައް، ހަފްލާތައް އަދި ކޮންމެ މަހެއްގައި ހަރަކާތްތައް ފާހަގަ ކުރުމުގެ ކަންކަން ކަލަންޑަރު ކޮށްގެން ދުރާލާ އިންތިޒާމުކޮށް ފާހަގަ ކުރުމާއި އަދި ހިންގުމުގެ މަސައްކަތް ފުރިހަމަކުރުން.
  13. ހަވާލުކުރެވޭ މުވައްޒަފުންނާ މަސައްކަތް/ޓާރގެޓްތައް ލިޔުމުން ހަވާލުކޮށް، ތަމްރީންކޮށް، މަގުދައްކައި އިސްލާހީ ފިޔަވަޅު އަޅައި، އިރުޝާދު ދީ، ގަވައިދުން މުވައްޒަފުންގެ މަސައްކަތު ފެންވަރު ކޮންމެ މަހަކު ބަލައި، އަދި މުވައްޒަފުންނާ އެކު މަސައްކަތްތައް ފުރިހަމަކުރުން އަދި ކުރުވުން. 
  14. ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތަކުގައި ހޭލުންތެރިކުރުވުމަށް ޖާގަ ހޯދައިގެން ބައިވެރިވެ، އެޑިއުކޭޝަނަލް މެޓީރިއަލް ތައްޔާކުރުމުގެ މަސައްކަތް ކުރުމާއި، މީސް މީޑިއާ ޕޯސްޓް ހެދުމާއި، އިދާރާގެ މީސް މީޑިއާ އެކައުންޓްތައް އަދާހަމަކޮށް ބެލެހެށްޓުމުގެ މަސައްކަތް ފުރިހަމަކުރުން.
  15. ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމުގައި ސުޕަވައިޒަރަށް ރިޕޯރޓްކޮށް އިރުޝާދުގެ މަތީން ނިންމައި އެފަރާތްތަކަށް ވަގުތުގައި ޖަވާބުދާރީވުން.
  16. ޞިއްޙީ އަދި އެހެނިހެން ކުއްލި ކާރިސާތަކާއި އަދި ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތުގެ ޕްލޭންތަކުގެ ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރުވެދިނުމާއި، އެފަދަ ކާރިސާ ތަކާއި އަދި ހާދިސާތަކުގައި ހަވާލުކުރާ މަސައްކަތް ފުރިހަމަ ކުރުން. 

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ދާއިރާ:

  • ބަޔޯ ސްޓެޓިސްޓިކްސް
  • ކޮމިނިއުކަބަލް ޑިސީޒް
  • ކޮމިއުނިޓީ ހެލްތު
  • ކޮމިއުނިޓީ ހެލްތް ނަރސިންގ
  • ކޮމިއުނިޓީ މެޑިސިން
  • ޑިމޮގްރަފީ
  • ޑައިޓެޓިކްސް
  • ޑިޒާސްޓަރ މެނޭޖްމަންޓު
  • އިމަރޖެންސީ މެނޭޖްމަންޓް
  • އެމަރޖެންސީ ޕްރިޕެއަރޑްނަސް
  • އެންޓޮމޮލޮޖީ
  • އެންވަޔަރަމަންޓަލް ހެލްތު
  • އެޕިޑިމިއޮލޮޖީ
  • ގްލޯބަލް ހެލްތް
  • ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން
  • ހެލްތް ކެއަރ އިވެލުއޭޝަން
  • ހެލްތް ކެއަރ މެނޭޖްމަންޓް
  • ހެލްތް އެޑިޔުކޭޝަން
  • ހެލްތު އިންފޮމެޓިކްސް
  • ހެލްތް އިންފޮމޭޝަން
  • ހެލްތް އިންފޮމޭޝަން މެނޭޖްމަންޓް
  • ހެލްތު ޕްރޮމޯޝަން
  • ހެލްތް ރިސަރޗް
  • ހެލްތް ސަރވިސަސް އެޑްމިނިސްޓްރޭޝަން
  • ހެލްތް ސަރވިސަސް މެނޭޖްމަންޓް
  • އިންފެކްޝާސް ޑިޒީސަސް
  • މެޓަރނަލް އެންޑް ޗައިލްޑް ހެލްތް
  • މެންޓަލް ހެލްތް
  • ނޮން-ކޮމިއުނިކަބަލް ޑިޒީސަސް
  • ނިއުޓްރިޝަން
  • އޮކިއުޕޭޝަނަލް ހެލްތް
  • ޕޮޕިއުލޭޝަން ހެލްތް
  • ޕްރައިމަރީ ހެލްތް ކެއަރ
  • ޕަބްލިކް ހެލްތު
  • ޕަބްލިކް ހެލްތް ނަރސިންގ
  • ޕަބްލިކް ހެލްތް ރިސަރޗް
  • ޕަބްލިކް ހެލްތް ސައިންސް
  • ރިޕްރޮޑަކްޓިވް ހެލްތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޕަބްލިކް ހެލްތު ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ  16  އޮގަސްޓް 2026 ވާ އާދިއްތަ ދުވަހު 13:30 ގެ ކުރިން [email protected]   އަށެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު  އަދި        އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 އޮގަސްޓް / ސެޕްޓެމްބަރު މަހުގެ ތެރޭގައި  މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]   އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3350155ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

06 އޮގަސްޓް 2026