ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AD/426/2026/252
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 13:13
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ރަށް, ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތައް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވުމަށް ކުރެވުނު އިޢުލާނުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ

އިޢުލާން 

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ރަށް/ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތައް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވުމަށް ކުރެވުނު ނަންބަރު:(IUL)426-AD/426/2026/172 އިޢުލާނުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭ

        މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އިން އިންތިޒާމްކޮށްގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި ގުޅިގެން އިންތިޒާމްކުރާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިގައި ރަށް / ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތައް ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވުމަށް ކުރެވުނު ނަންބަރު: (IUL)426-AD/426/2026/194 ޢިއުލާނާއި ގުޅިގެން ނަން ނޯޓު ކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ނަންތައް ހުށަހަޅާފައިވަނީ މަދު ފަރާތްތަކަށްވާތީ އިތުރު ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ބޭނުންވެއެވެ.

        ވީމާ، "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގެ ވާދަކުރުމުގެ ބައިގައި ރަށް / ސިޓީތަކުގެ ދާއިރާއިން ބައިވެރިވާ ފަރާތްތައް ނަން ނޯޓްކުރުމުގެ ފުރުސަތު 2026 އޮގަސްޓް 13ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް މުއްދަތު އިތުރު ކުރެވިފައިވާ ކަމުގައި އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

        އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ މި އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

        މި މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން (ރަށް/ސިޓީތަކުގެ ދާއިރާއިން  ވާދަކުރައްވާ  ބައިވެރިން) ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމު ފުރިހަމަކުރެއްވުން އެދެމެވެ.  

ލިންކް:  https://forms.gle/GU8Ywvv6S2aaCnHS9  

ފޯމު ހުށަހެޅުމުގެ ސުންގަޑި: 2026 އޮގަސްޓް 13ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00ގެ ކުރިން. 

ނޯޓު: ބައިވެރިކުރާ އުފެއްދުމުގެ ސާމްޕަލް 2026 އޮގަސްޓް 19ވާ ބުދަ ދުވަހު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

23 ޞަފަރު   1448

06 އޮގަސްޓް  2026

06 އޮގަސްޓް 2026