ދިވެހިރާއްޖެ
މި އިދާރާގައި ބޭނުން ކުރުމަށް 1 ކޮމްޕިއުޓަރ ސިސްޓަމް، 1 ލެޕްޓޮޕް ހޯދުމަށް ބޭނުންވެއެވެ. ވީމާ ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓޮޕް މި ކައުންސިލަށް ފޯރުކޮށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުމުން ވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. ބިޑް ރަޖިސްޓްރޭޝަންގެ ގޮތުގައި -/250 ރުފިޔާގެ ފީއެއް ނެގޭނެ ކަމުގައިވެސް ދެންނެވީމެވެ. މި ފީ ޖަމާކުރާނީ 7707700369001 (1448 ރެވެނިއު 1) އެކައުންޓަށެވެ. އަދި ސްލިޕް ބިޑް ރެޖިސްޓްޜޭޝަން ފޯމާއި އެޓޭޗް ކުރަންވާނެއެވެ.
ބިޑް ހުށަހެޅުން:
މި މަސައްކަތަށް ބިޑް ހުށަހެޅުން އޮންނާނީ 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި، ހައްދުންމަތީ މާބައިދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އީމެއިލް މެދުވެރިކޮށް ފޮނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި ބިޑުގައި ބައިވެރިވެވޭނީ "ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު" (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.