ދިވެހިރާއްޖެ
ގދ. މަޑަވެލި "ހުއްޓޭކޮޑާ" ކިޔާ ސަރަޙައްދުގެ ހުޅަނގަށް ބުލޫޑައިމަންޑް ކިޔާ ބަންޑާރަ ގޯއްޗާއި،ގްރީން ހެވަން ކިޔާ ބަންޑާރަ ގޯތީގެ ދެމެދުގައި އޮންނަ ވަގުތީ ހިނގުމުން ފެށިގެން ހުޅަނގަށް ވާގޮތަށާއި،ބުލޫޑައިމަންޑްގެ ދެކުނަށް އޮންނަ ނަމޫނާ ހިގުމުގެ ހުޅަނގަށް ވާގޮތަށް އެމް.ޓީ.ސީ.ސީގެ ސައިޓާއި ދެމެދު ވާ ރުއްގަހުގެ ތެރެއިން 01 އިން 20 ހަމަޔަށް ނަންބަރު ޖަހާފައިވާ ފޯދުނު ރުއްތަކާއި 01 އިން 07 ނަންބަރު ޖަހާފައިވާ ނުފޯދޭ ރުކާއި ،އަދި އިންދާފައި ވާ ކުދި ރުއްތަކާއި ގަސްތަކުގެ މިލްކުވެރިފަރާތެއް ވާނަމަ 20 އޯގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ލިޔުމަކުން އެފަރާތް ތަކަށް ރުއްގަހުގައި ޖެހުމަށް ގދ.މަޑަވެލި އޮފީހުން ދޫކޮށްފައިވާ އިންޑެކްސް ނަންބަރު އަދި އެރުއްގަހުގައި ޖަހާފައިވާ ނަންބަރާއި އެކު ހުށަހެޅުމަށް ދަންނަވަމެވެ.
ދެންނެވިފައިވާ މުއްދަތު ހަމަވާއިރު އެއްވެސް ފަރާތަކުން ރުއްގަހުގެ މިލްކުވެރިފަރާތެއް ކަމަށް ކައުންސިލަށް ހުށަހަޅާފައި ނުވާ ރުއްގަހާއި ،ރުއްގަހުގެ މިލްކުވެރިފަރާތެއް ކަމަށް މި އިދާރާއަށް ހުށަހަޅައިގެން ސާބިތު ނުކުރެވޭ ރުއްގަހަކީ އެއްވެސް ފަރާތެއްގެ ރުއްގަހެއް ނޫންކަމަށް ބަލައި ވަގުތީ ހިނގުން އަދި ނަމޫނާ ހިގުމުގެ މަގު ހެދުމަށްޓަކައި ރުއްގަސް ނަގައި ނައްތާލެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.