ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23/23/2026/240
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 13 އޮގަސްޓް 2026 13:00
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ
ދިވެހިރާއްޖެ
ސީނިޔަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ

އިޢުލާނު 

މަޤާމު:

ސީނިޔަރ ސޯޝަލް ޕްރޮޓެކްޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

J-455686

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 7 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ، ހުޅުމާލެ

ސެކްޝަން:

ޑިސްއެބިލިޓީ ޑިވިޜަން

މުސާރަ:

 12,261.00ރުފިޔާ

މަގާމުގެ އެލަވަންސް:

5,721.00 ރުފިޔާ

ހާޟިރީ އެލަވަންސް:

155.00 ރުފިޔާ

އެހެނިހެން އެލަވެންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ޤަވާއިދު (9/2024)ގައި ބަޔާންކުރާ އެންމެހައި ކަންކަން ތަންފީޒުކުރުމާއި ގުޅުންހުރި މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތަށް ކުރުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުން އަދި ދަފްތަރާއި ގުޅުންހުރި ތަފާސް ހިސާބު އެކުލަވާލުން.
  • ކޮމިއުނިޓީ އެމްޕަވަރމަންޓް ހަބްގައި ހިންގާނެ ޕްރޮގްރާމްތައް ރޭވުމާއި، ޕްރޮގްރާމްތައް ހިންގުމުގައި ސެކްޝަންގެ ވެރިންގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްތައް ކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތަކާއި، ތަމްރީން ފަހިކޮށްދިނުމާއި ގުޅުންހުރި މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ވޮކޭޝަނަލް، ޕްރޮފެޝަނަލް އަދި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށާއި، ވަޒީފާ ދިނުމުގައި ގެންގުޅޭ ޝާމިލު ސިޔާސަތުތަކާއި މަސައްކަތުގެ މާޙައުލުގައި ބޭނުންވާ ސަބަބުވެރި ބަދަލުތައް ކުރިއެރުވުމަށްޓަކައި ސަރުކާރާއި އަމިއްލަ ދާއިރާގެ އިދާރާތަކާ ގުޅިގެން މަސައްކަތްކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ވަޒީފާގެ ފުރުޞަތެއް ހޯދުމަށް އެދިފައިވާ ފަރާތްތަކުގެ ޖޮބް ފަންކްޝަނަލް އެސެސްމަންޓް/އިނީޝަލް ސްކްރީންގ ހަދައި އެފަރާތަށް އެކަށީގެންވާ ޕާތްވޭ (ތަމްރީނު، އިންޓަރންޝިޕް، ވަޒީފާ، ޖޮބް ރެޑިނަސް ޕްރޮގްރާމް) ކަނޑައަޅައި މިކަންކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ދިނުމުގެ ޤަވާއިދުގެ(9/2024) ދަށުން އެކުލަވާލެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގައި ބޭނުންވާ ފަންނީ ލަފާދޭ ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.
  • ޝާމިލު ލޯގޯ ފޯރުކޮށްދިނުމާއި ގުޅުންހުރި މަސައްކަތްތައް ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ވިލަރެސްކުރުމާއި، ލޯގޯ ދެވޭ ނިޒާމް ހަރުދަނާކުރުމަށާއި، މެއިންސްޓްރީމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޮކޭޝަނަލް، ޕްރޮފެޝަނަލް އަދި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށްޓަކައި ތަމްރީނުދޭ މަރުކަޒުތަކާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން.
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މަސައްކަތްތެރިކަން ކުރިއަރުވާ، ހުނަރާއި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދެވޭ "ރިވެލި އެވޯޑު" އާއި ގުޅުންހުރި މަސައްކަތްތައް ހަވާލުކުރެވޭ މިންވަރަކުން ފުރިހަމަކުރުން.
  • ސެކްޝަންގެ އިދާރީ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދާއި އެއްގޮތަށް ކުރުން.
  • ސެކްޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުން ކުރިއަށްގެންދެވޭ ބައްދަލުވުންތަކުގައި އަދި، މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅުންހުރި ބައްދަލުވުންތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޑިކްޝަން ސައިންސް 
  • އެޑިކްޝަން ސްޓަޑީޒް 
  • އެޑްމިނިސްޓްރޭޝަން އޮފް ޖުވެނައިލް ޖަސްޓިސް 
  • އެޑޮލެސަންޓް ހެލްތް އެންޑް ވެލްބިއިން 
  • ބިހޭވިއަރަލް ހެލްތް ސައިންސް 
  • ޗައިލްޑް އެޑްވޮކަސީ އެންޑް ޕޮލިސީ 
  • ޗައިލްޑް އެންޑް އެޑޮލެސަންޓް ޑިވެލޮޕްމަންޓް 
  • ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ހެލްތް 
  • ޗައިލްޑް އެންޑް އެޑޮލެސަންޓް މެންޓަލް ވެލްބިއިން 
  • ޗައިލްޑް އެންޑް ކޮމިއުނިޓީ 
  • ޗައިލްޑް އެންޑް ފެމިލީ ސްޓަޑީޒް 
  • ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޖުވެނައިލް ޖަސްޓިސް 
  • ޗައިލްޑް ޕްރޮޓެކްޝަން އެންޑް ޗައިލްޑް ވެލްފެއަރ 
  • ޗައިލްޑް ވެލްފެއަރ ވަރކް 
  • ޗައިލްޑް ޔޫތް އެންޑް ފެމިލީ ޕްރެކްޓިސް 
  • ކަރެކްޝަންސް އެންޑް ޖުވެނައިލް ޖަސްޓިސް ސްޓަޑީޒް 
  • ކައުންސެލިންގ 
  • އަރލީ ޗައިލްޑްހުޑް އެންޑް ފެމިލީ ސްޓަޑީޒް 
  • ފެމިލީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް 
  • ފެމިލީ ސްޓަޑީޒް 
  • ފެމިލީ ތެެރަޕީ 
  • ހިއުމަން ޑިވެލޮޕްމަންޓް އެންޑް ފެމިލީ ސްޓަޑީޒް 
  • ޖުވެނައިލް ޖަސްޓިސް 
  • މެރިއޭޖް އެންޑް ފެމިލީ 
  • މެރޭޖް އެންޑް ފެމިލީ ސްޓަޑީޒް 
  • މެރޭޖް އެންޑް ފެމިލީ ތެރެޕީ 
  • ސައިކޮލޮޖީ 
  • ސޯޝަލް ސަރވިސަސް 
  • ސޯޝަލް ވޯރކް 
  • ސޯޝިއޮލޮޖީ 
  • ޔޫތް ވަރކް އެންޑް ކްރިމިނަލް ޖަސްޓިސް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

ސޯޝަލް ސާވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Policy/DownloadFile/403
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 އޮގަސްޓް 2026 ގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ (އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު / އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 16 އޮގަސްޓް 2026 އާއި 10 ސެޕްޓެމްބަރު 2026 އާ ދެމެދު، މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއަރ ( އުމަރު ޒާހިރު އޮފީސް އިމާރާތް، ލޮޓް ނަންބަރު 11602، އޯކިޑްމާ ހިނގުން)  2 ވަނަ ފަންގިފިލާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

06 އޮގަސްޓް 2026