މަސައްކަތް
ނަންބަރު: (IUL)254/254/2026/53
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 11:14
ސުންގަޑި: 13 އޮގަސްޓް 2026 10:00
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތުރުކޮޅު ކުޅިއަށް ދާމަގުގައި ޖަހާ ލައިޓް ތަކަށް ކޭބަލް ވަޅުލުމަށް ކޯރު ކޮނުމާއި ގުޅޭ

ރަށުގެ އުތުރުކޮޅު ކުޅިއަށްދާ މަގުގައި ލައިޓް ޖެހުމަށް މިކައުންސިލުން ނިންމާފައިވާތީ އެމަގުގައި ޖެހުމަށް ހަމަޖެހިފައިވާ ލައިޓް ތަކަށް ކޭބަލް އެޅުމަށް ކޯރު ކޮނުމަށް ބޭނުންވެއެވެ. އެހެންކަމުން ކައުންސިލުން ދައްކާ ހިސާބެއްގައި ހުރި ކޯރު ކޮނެދޭނެ ފަރާތެއް މިކައުންސިލުން ހޯދުން ބޭނުންވެއެވެ.

                ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 އޮގަސްޓް 2026 ވަނަ ދުވަހުގެ 10:00 އަށް މި ކައުންސިލަށް ހާޒިރުވެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށައެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

05 އޮގަސްޓް 2026