ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)M02-HC/2026/03
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 13 އޮގަސްޓް 2026 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ދ . ބަނޑިދޫ ޞިއްޙީމަރުކަޒުގެ ލޭބަރ ރޫމް ، އެޑްމިން އޮފީހުގެ މަރާމާތުނުކުރެވޭވަރަށް ފީވެހަލާކުވެފައިވާ ހަތަރު ކުޑަދޮރާއި ދޮރުފަތް ނައްޓާ އަލުން އައު އަލްމިނިއަމް ދޮރާއި ދޮރުފަތް އަމިއްލަތަކެތީގައި ހަރުކުރުމުގެ މަރާމާތު މަސައްކަތްކުރުމަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު

މިމަރުކަޒުގެ ނަންބަރ (IUL)/M02-HC/2026/02 ( 21 ޖުލައި 2026 ) އިޢުލާން އާއި ގުޅިގެން ހުށައެޅި ކޮޓޭޝަންތަކަކީ ، އެކަށީގެން ވާވަރަށްވުރެ ބޮޑުއަގުގައި ހުށައަޅާފައިވާ ކޯޓޭޝަން ތަކަކަށްވާތީ ،

ނަންބަރ (IUL)/M02-HC/2026/02 އިޢުލާންއާއި ގުޅިގެން ހުށައެޅި ކޯޓޭޝަންތައް ބާޠިލްކޮށް އަލުން ، ދ . ބަނޑިދޫ ޞިއްޙީމަރުކަޒުގެ ލޭބަރ ރޫމް ، އެޑްމިން އޮފީހުގައި މަރާމާތު ނުކުރެވޭވަރަށް ފީވެހަލާކުވެފައިވާ ހަތަރުކުޑަދޮރު ނައްޓާ އަމިއްލަތަކެތީގައި އަލުންއައު އަލްމިނިއަމްދޮރާއިދޮރުފަތް ހަރުކުރުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތްކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 13 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު  13:00 އަށް ، ދ . ބަނޑިދޫ ޞިއްޙީމަރުކަޒު އެޑްމިން އޮފީހަށް ކޯޓޭޝަން ހުށައެޅުއްވުމަށްދަންނަވަމެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ، ވިޔަފާރިރަޖިސްޓްރީ ކުރުމުގެޤާނޫނު ( ޤާނޫނު ނަންބަރ : 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ : 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާފަރާތްތަކަށެވެ.

މިމަސައްކަތް ކުރުމަށް ތައްޔާރުކުރެވިފައިވާ މަސައްކަތުގެ ސްޕެޝިފިކޭޝަން ފޯމް އާއި ދޮރުގެކުރެހުން ( އެނެކްސް 1 ) މިޢިއުލާން އާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

މިމަސައްކަތްކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާފަރާތްތަކުން 9 އޯގަސްޓް 2026 ވާ އާދިއްތަ ދުވަހު ހެނދު 11:00 ން 12:00 އަށް މިއިދާރަށްދުރުވެ ނުވަތަ 7954778 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

މިމަސައްކަތްތައް ކޮށްދެއްވުމަށް ހުށައަޅާ ކޯޓޭޝަންތައް ހުށައެޅުމާއި ، ކެނޑުމަށް ހަމަޖެހިފައިވަނީ ، ކޯޓޭޝަންތައް ހުށައަޅާ ފަރާތްތަކުގެ ޙާޞިރުގައި 13 އޯގަސްޓް 2026 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 ގައި ދ . ބަނޑިދޫ ޞިއްޙީމަރުކަޒުގެ އެޑްމިން އޮފީހުގައެވެ.

ވީމާ ، މިކަން އާމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ. 

06 އޮގަސްޓް 2026