ވަޒީފާގެ ފުރުޞަތު
ނަންބަރު: 237-A2/2016/04
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 17 ފެބުރުވަރީ 2016 13:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާންޗު ޑްރައިވަރު

އިޢުލާން

މި އިދާރާއަށް ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

ލާންޗު ޑްރައިވަރު

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 3 ރޭންކް:

މަޤާމުގެ ރޭންކް:

އެސް. އެސް. 3

މުސާރަ:

މަހަކު -/3،875 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ކޯޕަރޭޓް އެފެއާޒް (އެޑްމިނިސްޓްރޭޝަން އެޗް. އާރު. އެންޑް އިންފޮމޭޝަން)

ތަޢުލީމާއި ތަޖުރިބާ:

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ބީ ކެޓަގަރީގެ ލައިސަންސެއް/ ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާއިން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އަތޮޅު ކައުންސިލްގެ އިދާރާގެ ރަންގަލި ލާންޗުގައި ކުރަންޖެހޭ ދަތުރުތައް (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ކެޕްޓަން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.
  2. އަތޮޅު ކައުންސިލް އިދާރާގެ ލާންޗު ދުއްވާއިރުގައްޔާއި ފަޅުގައި އޮންނައިރު، ލާންޗަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، ލާންޗުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  3. ލާންޗުގެ އިންޖީނަށް ބޭނުންވާ ޕެޓްރޯލާއި، އަޑީތެލާއި، އެހެނިހެން ސާމާނާއި ލާންޗަށް ހޯދަންޖެހޭ ތަކެތި، ކަމާބެހޭ ވެރިންނަށް ދަންނަވައިގެން ހޯދުމާއި، އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ހަލާކުވާތަކެތި ކަމާބެހޭ ޔުނިޓާ ހަވާލުކުރުން.
  4. ދަތުރަށް ފެށުމުގެ ކުރިން ސަލާމަތާބެހޭ ތަކެއްޗާއި، މުއާސަލާތުގެ ތަކެއްޗާއި، ދަތުރަށް ބޭނުންވާ ޕެޓްރޯލް ހަމަޔަށް ހުރިތޯ ބަލައި ޗެކްކުރުން.
  5. ލާންޗުގެ ސަލާމަތީ ސެޓްފިކެޓްގެ މުއްދަތު ހަމަވުމުގެ ކުރިން ސެޓްފިކެޓް ހެއްދުމަށް ހުށަހެޅުން.
  6. ލާންޗު ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ލާންޗުގެ ފަޅުވެރިންނާ ހަވާލުކޮށްފައިވާ މަސައްކަތް އެމީހުންލައްވާ ކުރުވުން.
  7. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 ފެބުރުވަރީ 17 ވަނަ ދުވަހުގެ މެންދުރުފަހު 13.00 ގެ ކުރިން، 'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު ފ. އަތޮޅު ކައުންސިލްގެ އިދާރާއަށް.

އިންޓަވިއު އަދި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2016 ފެބުރުވަރީ 19 އާއި 22 އާ ދެމެދު ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

 

އުޖޫރައާއި ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި ދަތުރު އެލަވަންސް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމާއި، ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (ވަޒީފާއަށް އެދޭ ފޯމާއި، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު، ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓް www.faaf.gov.mv އިން މި ދެ ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓްފިކެޓުގެ ކޮޕީ.
  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  6. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އެ ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުން.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 

އެހެނިހެން ކަންތައްތައް:

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ ނަންބަރު 6740017 ނަންބަރު ފޯނަށް ނުވަތަ 6740018 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740019 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

25 ރަބީޢުލްއާޚިރާ 1437

04 ފެބުރުވަރީ 2016