ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A1/1/2016/14
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 18 ފެބުރުވަރީ 2016 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

އިޢުލާން 

ވަޒީފާގެ ފުރުޞަތު

1. މަގާމު

ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ހަމަޖައްސާ ސެކްޝަން:  އަޢުޤްފް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން

ރޭންކް:

އެމް.އެސް 1

ކްލެސިފިކޭޝަން : ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

-/5,610 ރ.

ސާރވިސް އެލަވަންސް: -/2,000 ރ.

މަޤާމުގެ ޝަރުޠު:

1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން (ކޮންސްޓްރަކްޝަން މެނޭޖްމަންޓް / ބިލްޓް އެންވަޔަރަންމަންޓް / އާރކިޓެކްޗަރ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު،  މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 2. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން (ސިވިލް އިންޖީނިއަރިން / ކޮންސްޓްރަކްޝަން މެނޭޖްމަންޓް / ބިލްޓް އެންވަޔަރަންމަންޓް) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

3. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން (ސިވިލް އިންޖީނިއަރިން / ކޮންސްޓްރަކްޝަން މެނޭޖްމަންޓް / ބިލްޓް އެންވަޔަރަންމަންޓް )  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ރާއްޖެތެރޭގައި އަލަށް ޢިމާރާތްކުރާ މިސްކިތްތަކުގެ ޕްރޮޖެކްޓްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  2. ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުންގެ މީޓިންތައް ރާވައި ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުން
  3. މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށް ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުންނާއެކު ސައިޓުތަކަށް ދިއުން.
  4. ކޮންޓްރެކްޓަރުންނާއި، ކޮންސަލްޓެންޓުން ފޮނުވާ ބިލުތައް ޗެކްކޮށް އެންޓަރކޮށް އަޕްޑޭޓްކުރުން.
  5. ރާއްޖެތެރޭގައި އަލަށް ޢިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތް ދާގޮތް ބަލައި މޮނިޓަރ ކުރުމަށްޓަކައި ކުރަންޖެހޭ ދަތުރުތައް އިންތިޒާމުކޮށް ޢަމަލީ ގޮތުން ބައިވެރިވުން.
  6. މިނިސްޓްރީން ހިންގާ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތަކުގެ ބަޖެޓް ސެކްޝަންގެ އިސްވެރިންގެ ލަފާގެ މަތިން ތައްޔާރުކޮށް ފޮނުވުން.
  7. ކޮންމެ އަހަރަކު ޕީ.އެސް.އައި.ޕީ އަށް ލިބޭ ޕްރޮޖެކްޓްތަކުގެ ހިސާބުތައް ވަކިވަކިން ބާކީކޮށް ބެލެހެއްޓުމާއި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުމުގައި އޮންނަ ވޭރިއޭޝަންތަކުގެ ހިސާބުތައް އެނގޭނެހެން ބެލެހެއްޓުން.
  8. ޕީ.އެސް.އައި.ޕީ. ޕްރޮޖެކްޓްތައް ޙަވާލުކުރެވޭ ފަރާތްތަކުން ހުށަހަޅާ ބިލުތައް ޗެކުކޮށް އެޕްރޫވް ކުރުމަށްފަހު ބިލްތަކަށް ފައިސާ ދޫކުރުމަށްޓަކައި ބަޖެޓަށް ފޮނުވުން.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. އަހަރުން އަހަރަށް ތައްޔާރު ކުރަންޖެހޭ ބަޖެޓް ތައްޔާރު ކުރުމުގައި އަތޮޅުތަކާއި މާލޭގެ މިސްކިތްތަކަށް ހޯދަންޖެހޭ ތަކެއްޗާއި އެހެނިހެން ޚަރަދުތައް ބަލައި ބަޖެޓް  ޔުނިޓަށް ހުށަހެޅުން.
  2. އިމާރާތްތަކުގެ ޓެކްނިކަލް ޑްރޯވިންގ ބަލައި މަސައްކަތް ކުރުވުން.
  3. ބީ.އޯ.ކިއު ހެދުން.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތު ތަޖުރިބް ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑޫގެ ދެފުން ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތަގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

ސުންގަޑި އަދި އިތުރު މަޢުލޫމާތު:

  • 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)
  • މި މަގާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/ އިސްލާމީ މަރުކަޒުގައެވެ.
  • މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.

    ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020232،3020224 އަށް އަދި ފެކްސް ނަމްބަރަކީ 3020232،3020224
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާއިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތަކާއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  25 ރަބީޢުލްއާޚިރު 1437

04 ފެބުރުވަރީ 2016