ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)196-HR/1/2026/91
ޕަބްލިޝްކުރި ތާރީޚް: 06 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 08:41
ސުންގަޑި: 16 އޮގަސްޓް 2026 12:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމް:              އެސިސްޓަންޓް ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން އޮފިސަރ

ބޭނުންވާ ޢަދަދު:        01 (އެކެއް)

މުއްދަތު:             1 އަހަރު (ވަޒީފާއަށް ހަމަޖެއްސޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. 1 އަހަރު ހަމަވުމުން

                   މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެ)

މަޤާމުގެ ރޭންކް:         ޕަބްލިކް ސަރވިސް ރޭންކް 4  - ހަރުފަތް 1  

މަޤާމުގެ ކްލެސިފިކޭޝަން:    ޕްރޮސިކިއުޝަން އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަންޖެހޭ ތަން:   ހެޑް އޮފީސް / މާލެ

މުސާރަ:               -/10,080 ރުފިޔާ

އެހެނިހެން އިނާޔަތް:

  1. މަޤާމުގެ އެލަވަންސް: 3,705/- ރުފިޔާ
  2. ހާޒިރީ އިނާޔަތް: ހާޒިރުވާ  ކޮންމެ ދުވަހަކަށް 115/- ރުފިޔާ
  3.  ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ
  4. ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންޓިނިއުޓީ އެލަވަންސް
  5. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

  1. އިދާރީގޮތުން އޮފީހުން ފޮނުވަންޖެހޭ ސިޓީފަދަ ތަކެތި ފޮނުވުމުގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.
  2. އިދާރީގޮތުން ހޯދަންޖެހޭ އެންމެހާ ތަފާސްހިސާބުތައް ނަގާ ބެލެހެއްޓުން.
  3. ރިސެޕްޝަން މުވައްޒަފުން މަދުވާ ނުވަތަ ނެތްހާލަތްތަކުގައި، ސެކްޝަންގެ އިސްވެރިޔާގެ ލަފާގެ މަތިން އޮފީހަށް ލިބޭ ލިޔެކިޔުންތައް އެންޓްރީ ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން.
  4. އޮފީހުގެ ޑިއުޓީތަކާގުޅޭ އެންމެހާ މަސައްކަތް ކުރުން.
  5. އޮފީހުގެ ގޮފިތަކަށް އިދާރީގޮތުން ބޭނުންވާ އެންމެހާ ކަންތައްތައް ވިލަރެސްކޮށް ބެލެހެއްޓުން.
  6. އޮފީހުގެ މަރާމާތުގެ މަސައްކަތްތައް ދެނެގަނެ، އެކަންތައް ކުރުވައި ބެލެހެއްޓުން.
  7. އޮފީހުން ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ އެންމެހާ އިންތިޒާމް ހަމަޖައްސާ ބެލެހެއްޓުން.
  8. އޮފީހުގެ ހަރުމުދަލުގެ ރަޖިސްޓްރީ  ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  9. މީގެ އިތުރުންވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތާއި ގުޅިގެން އޮފީހުން އަންގަވާ އެންމެހާ މަސައްކަތްތައް ކުރުން.

 

މަޤާމުގެ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

ތައުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް

މަޤާމުގެ މަސައްކަތާ ގުޅޭ

އެޑްމިނިސްޓްރޭޝަން ދާޢިރާ / މެނޭޖްމަންޓް ދާއިރާ

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން  16 އޮގަސްޓު 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3023155 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް: 1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

  1. މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 17 އޮގަސްޓު 2026 – 16 ސެޕްޓެންބަރު 2026 ވަނަ ދުވަހު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1-      ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2-      މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3-      ވަނަވަރު

4-      ދރއ. ކާޑުގެ ކޮޕީ

5-      ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

23 ޞަފަރު 1448

6 އޮގަސްޓު 2026

06 އޮގަސްޓް 2026