މަސައްކަތް
ނަންބަރު: (IUL)170-PR/170/2026124
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 19:41
ސުންގަޑި: 16 އޮގަސްޓް 2026 10:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް އެފެއާރޒް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ ދެވަނަ އިޢުލާން

އިޢުލާން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް އެފެއާރޒް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ ދެވަނަ އިޢުލާން

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް އެފެއާރޒް، މި ޔުނިވަރސިޓީގެ ފަރާތުން ދޭ މަޢުލުމާތާ އެއްގޮތަށް މަރާމާތު ކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)170-PR/170/2026/109) (16 ޖުލައި 2026) އިޢުލާންއަށް ހުށަހެޅި ބީލަންތަކުގެ އަގު، މި ޔުނިވަރސިޓީގެ ފަރާތުން ލަފާކުރި އަގުތަކަށްވުރެ ބޮޑުވެފައިވާތީ، އެ އިޢުލާން ބާޠިލް ކުރުމަށްފަހު މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކީ އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި ބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވަން ބޭނުންވެލައްވާނަމަ 13 އޮގަސްޓް 2026 ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން [email protected] އަށް މެއިލް މެއިލްކޮށްދެއްވުން އެދެމެވެ.  

މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ 16 އޮގަސްޓް 2026ވާ އާދިއްތަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

 

22 ޞަފަރު 1448

05 އޮގަސްޓް 2026