ދިވެހިރާއްޖެ
މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ފަރުނީޗަރ، ކޮމްޕިއުޓަރ، އަދި އެހެނިހެން ތަކެތި) 2016 ފެބުރުވަރީ 13 ވާ ހޮނިހިރު ދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން އޮންނަ ތަން:
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
އެމް.ޓީ.ސީ.ސީ ޓަވަރު 4 ވަނަ ފަންގިފިލާ
ބޮޑުތަކުރުފާނުމަގު، މާލެ
މުދާ ބެލޭނެ އިންތިޒާމު:
ނީލަމުގައި ދޫކުރާ މުދާ ބެލޭނެ އިންތިޒާމު 2016 ފެބުރުވަރީ 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެއެވެ.
ނީލަމުގައި ބައިވެރިވުމާއި ނަން ނޯޓު ކުރުންް:
ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2016 ފެބުރުވަރީ 13 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 އާއި 11:20 އާ ދެމެދު ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި، ނީލަމުގައި ބައިވެރިވުމަށް ނަން ނޯޓު ކުރަންވާނެއެވެ.
ނީލަން އޮންނަ ގަޑި:
ހެނދުނު 11:30 (2016 ފެބުރުވަރީ 13 ވާ ހޮނިހިރު)
ފައިސާ ދެއްކުން:
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން އެ މުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެގަޑީގައި ދެއްކިދާނެއެވެ. ނުވަތަ 13 ފެބުރުވަރީ 2016 ގެ 12:30 ގެ ކުރިން މި އޮތޯރިޓީއަށް ދައްކައި ޚަލާޞް ކުރަންވާނެއެވެ.
މުދާ ގެންދިއުން:
ނީލަމުން ނަގާ މުދާ، 13 ފެބުރުވަރީ 2016 ވާ ހޮނިހިރު ދުވަހުގެ 15:00 އާއި 17:00 އާ ދެމެދު މި އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތަށް ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާ ނުލައި ނެއްތައިލެވޭނެއެވެ.
އިތުރު މަޢުލޫމާތު:
ނީލަން ލިސްޓުގައި ނަން ނޯޓު ކޮށްފައިނުވާ ފަރާތްތަކުން، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އޮތޯރިޓީގެ ނަންބަރު 3014105/3336619 ފޯނަށް ގުޅުއްވުން އެދެމެވެ.
28 ރަބީޢުލްއާޚިރު 1437