މަސައްކަތް
ނަންބަރު: (IUL)247-CA/247/2026/71
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 06 އޮގަސްޓް 2026 15:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގައި ޖަހާފައިވާ ފެންމުޑިތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުން

އަގު ހުށަހެޅުއްވުމުގެ ދަޢުވަތު

ބަނދަރުގައި ޖަހާފައިވާ ފެންމުޑިތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ. މަސައްކަތްތަކުގެ ތަފްޞީލް އަދި އިވެލުއޭޝަންގެ ތަފްސީލް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ވާނެއެވެ.

         ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ލިންކުން އަގު ހުށައެޅުއްވުން އެދެމެވެ.

https://forms.gle/BrJpfK6iNFxpsU3W8

   އަގުހުށައެޅުއްވުމުގެ ސުންގަޑި

ތަފްޞީލް

ތާރީޚް

ދުވަސް

ސުންގަޑި

އަގުހުށައެޅުއްވުމުގެ ސުންގަޑި

06 އޮގަސްޓް 2026

ބުރާސްފަތި

15:00

މި އިޢުލާނަށް އަގުހުށައެޅުއްވޭނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ އިތުރުން ޢާއްމު ފަރުދުންނަށެވެ.

1 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކޮށްފައިވާ ކުންފުނިތައް.

.2 ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޕާޓްނަރޝިޕްތައް.

.3 ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.

.4 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.

5. ޢާމްދަނީ ހޯދުމުގެ ގޮތުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް.

 

 

 

 

22 ޞަފަރު 1448

 

05 އޮގަސްޓް 2026