ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)O12-HC(859)/2026/5
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2026
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 12 އޮގަސްޓް 2026 12:00
ހައްދުންމަތީ ކުނަހަންދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ހެލްތު ކެއަރ އެޓެންޑެންޓު ގްރޭޑް 1 / ލ. ކުނަހަންދޫ ޞިއްޙީމަރުކަޒު

 

  

 

  (IUL)O12-HC(859)/2026/5  :ނަންބަރ 

                    

އިޢުލާނު

 

މަޤާމު:

ހެލްތު ކެއަރ އެޓެންޑެންޓު ގްރޭޑް 1

މަޤާމުގެ ނަންބަރު:

J-428712

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ރޭންކް 1 - ސްޓެޕް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލ. ކުނަހަންދޫ ޞިއްޙީމަރުކަޒު

މުސާރަ:

8255.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

2475.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ޙާޟިރީ ޢިނާޔަތް: ޙާޟިރުވާ ދުވަހަކަށް -/65 ރުފިޔާ ( ފަސްދޮޅަސްފަސް ރުފިޔާ)
  • ދައުލަތުގެ ޕޭ ފްރޭމްވާކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުއްލުމާއި އަދި ބަލިމީހުން ޞިއްޙީ ފަރުވާދޭ ކްލިނިކަށް ގެންދިއުން.
  2. ޞިއްޙީ ފަރުވާދޭ ތަނުގައި ގެންގުޅޭ ތަކެތި ސާފުކޮށް ބެލެހެއްޓުން.
  3. މަރުކަޒުގެ އިމާރާތުގެ ބިއްލޫރިތަކާއި، ފަންކާތަކާއި، ދޮރުތަކާއި، ދޮރުފަތްތައް ކޮންމެ ދުވަހަކު ފޮހެސާފުކުރުން އަދިމަރުކަޒުގެ އެތެރެއާއި ބޭރުފޮޅާ ފޮހެ ސާފު ކުރުމާއި ކުނިކަހާ، މޮޕްއަޅާ ސާފުކުރުމާއި ފާޚާނާތައް ސާފުކުރުން
  4. ކޮންމެ ޑިއުޓީއެއްގައި ޞިއްޙީ ފަރުވާދޭތަން ކުނިކަހާ ފެންފޮތިލާ ސާފުކުރުން.
  5. ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ނަރުހުންނަށް އެހީތެރިވެދިނުން.
  6. ބަލިމީހުންނަށް ބޭނުންވާ ފޮތި، ބާލީސްއުރަ، ބެޑްޝީޓްފަދަ ތަކެތި އަދި މަސައްކަތަށް ބޭނުންކުރާ އާލާތްތައް ރައްކާތެރިކަމާއި ފަރުވާތެރިކަމާއެކު ތަންތަނަށް ގެންގޮސް ގެނައުން.
  7. ބަލިމީހުން ބޭނުންކޮށްފައިވާ ތަކެތި ތަނުގައި ހެދިފައިވާ ގައިޑްލައިންއާ އެއްގޮތަށް ގެންގުޅުމާއި، ބަލިމީހުން ބޭނުންކޮށްފައިވާ ޖަރާސީމް އެކުލެވޭ ތަކެއްޗާއި އެހެނިހެން ކުނިވަކިކޮށް ރައްކާތެރިކަމާއެކު ނައްތާލުމަށް ގެންދިއުން.
  8. ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުއްލުމާއި އީ.ސީ.ޖީ ،ސާމްޕަލް އަދި ތިއޭޓަރފަދަ ތަންތަނަށް ގެންދިއުން.
  9. ބަލިމީހުން އެޑްމިޓް ކުރުމުގެ ކުރިންނާއި ބަލިމީހުން މަރުކަޒުން ދޫކުރުމަށްފަހު ވޯޑްގެ އެނދާއި ކަބަޑުފަދަ ތަކެތި ނަރުހުން އަންގާ ގޮތެއްގެ މަތިން ސާފްކުރުން.
  10. ބޭނުންކުރާ އައިވީ ސްޓޭންޑް އާއި އެހެނިހެން އިކުއުޕްމަންޓްސްތައް ނަރުހުން އަންގާގޮތުގެ މަތިން ފޮޅާ ސާފްކުރުން.
  11. މަރުކަޒު ތެރޭގައި ހުންނަ ފަރުނީޗަރާއި، މެޝިނަރީފަދަ ތަކެތި ފޮޅާސާފުކުރުން
  12. ޞިއްޙީ މަރުކަޒުގައި ހުންނަ އެނދުތަކުގެ ތަންމަތި އެޅުމާއި. ތަންމަތި ބަދަލުކުރުމާއި، އެދުތައް ޑިސްއިންފެކްޓް ކުރުން
  13. ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންކުރާ ސާމާނު ތަކާއި ފާޚާނާތަކާއި ޔުޓިލިޓީ ކޮޓަރިއާއި ސިންކުތައް ދޮވެސާފުކުރުން
  14. ޞިއްޙީ އެމަޖެންސީތަކާއި ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން
  15. ޞިއްޙީ މަރުކަޒުގެ ގޯތިތެރެ އާއި ޞިއްޙީ މަރުކަޒުގެ ވަށައިގެންވާ މަގުމަތީގެ ވިނަ ނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
  16. ކްލިނިކް އޭރިޔާ ސާފުކުރަން ހަމަޖެހިފައި އޮންނަ ގަޑިތަކުގައި ކްލިނިކް އޭރިޔާ ކުނިކަހާ މޮޕްއަޅާ ސާފުކުރުން. އަދި ޑަސްބިންތައް ނެގުމާއި އެތަކެތި ސާފުކުރުން
  17. މަރުކަޒުން އަންގާ ރަސްމީ މަސައްކަތްތައް ކުރުމާއި ، އެންމެން ގުޅިގެންކުރާ މަސައްކަތްތައް ކުރުމާއި އެހެންމީހުންގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން

 

މަޤާމުގެ ޝަރުޠުތައް:

-          ލިޔަން ކިޔަން އެގުން

ނުވަތަ

-          މަޤާމްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން.

 

 

ތަޢުލީމީ ރޮނގުތައް:

  • ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން ގޮތުގައި ކަނޑައަޅަފައިވާ ދާއިރާތައް:

  • ނެތް

މަޤާމުގެ ކޯ ޑިސިޕްލިން ގޮތުގައި އެއްވެސް ދާއިރާއެއް ކަނޑައަޅާފައި ނެތް.

  • ނެތް

 

ގުޅޭ ވަޒީފާގެ ދާއިރާތައް

ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތަ.ށް

އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގައި އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަ ވުމަށް

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އިންޓަރވިއު

40

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޮގަސްޓް 2026 ވާ (ބުދަ) ދުވަހުގެ 12:00 ގެ ކުރިން، ލ.ކުނަހަންދޫ ޞިއްޙީމަރުކަޒަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް  އީމެއިލް     [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހުފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށްދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިމަރުކަޒަށް ލިބުމުން ( އީ-މެއިލްފޮނުވި މެއިލްއަށް މި ޞިއްޙީމަރުކަޒަށް މެއިލް ލިބުނު ކަމުގެ މެއިލްއެއްލިބޭނެއެވެ.)

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 އޮގަސްޓް 2026 އާއި 12 ސެޕްޓެމްބަރު 2026 އާ ދެމެދު ލ. ކުނަހަންދޫ ޞިއްޙީ ޞިއްޙީމަރުކަޒު‏ ގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] ހުށަހަޅަންވާނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800908 އަށެވެ.

އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

05 އޮގަސްޓް 2026