ދިވެހިރާއްޖެ
އިޢުލާން
ކުރިއަށް އޮތް 5 (ފަހެއް) އަހަރުގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށް ދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ބ.އޭދަފުށި ކައުންސިލްގެ ކުރިއަށް އޮތް 5 (ފަހެއް) އަހަރުގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން ތައްޔާރުކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 06 އޮގަސްޓް 2026 (ބުރާސްފަތި) ދުވަހުން ފެށިގެން 16 އޮގަސްޓް 2026 ވާ (އާދިއްތަ) ދުވަހުގެ 13:30 އާއި ހަމައަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދި އިމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނަމަ، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު [email protected] އަށް އީ-މެއިލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ލިންކު:https://forms.gle/ZKbQS3sxg9QLWC3T9
ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުން:
މިބީލަމާއި ބެހޭ މައުލޫމާތު ކަރުދާސް އަދި ޖަދުވަލުތައް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި ބީލަމާއިގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 16 އޮގަސްޓް 2026 ވާ (އާދިއްތަ) ދުވަހުގެ 13:30ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވުން:
ބީލަން ހުށަހެޅުން އޮންނާނީ 24 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.
ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބީލަން ހުޅުވުން އޮންނާނީ 24 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 11:05 ގައި މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި، ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.
މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.