ދިވެހިރާއްޖެ
ނަންބަރު:HDC(161)-FPR/IU/2026/222
އިޢުލާން
ކ. ތިލަފުށީގެ ފަޅުތެރެގައި ވާ އުޅަނދުތަތް ނެގުމާބެހޭ
މާލޭ ވިޔަފާރި ބަނދަރު ކ.ތިލަފުށްޓަށް ބަދަލުކޮށް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައި ވާތީ ، މި އިޢުލާނުގެ ޖަދުވަލު 1 ގައި ފާހަގަކުރެވިފައިވާ ސަރަހަދުގައި އަޅާފައި، ދޫކޮއްލާފައިވާ އަދި އެސަރަހައްދަށް އަޑިޔަށް ގޮސްފައިވާ އުޅަނދުތައް 05 އޯގަސްޓް 2026 ވާ ބުދަ ދުވަހުން ފެށިގެން 07 ދުވަސް ތެރޭގައި މިކޯޕަރޭޝަނާއި ގުޅުއްވާ ،ނެންގެވުމުގެ މަސައްކަތް ފެއްޓެވުމަށް އަންގާ އިޢުލާނުކުރީމެވެ.
އަދި ދަންނަވަމެވެ. ދެވިފައިވާ މުއްދަތުގައި އުޅަނދުތައް ނެގުމުގެ މަސައްކަތް ފެށިފައި ، އަދި ނެގުމުގެ މަސައްކަތް ނިމިފައި ނުވާއުޅަނދުތަށް މިކޯޕަރޭޝަނުގެ އުޞޫލު ނަންބަރު: G-7/2023 " ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު ޢަމަލުކުރުމުގެ އުޞޫލު" ގެ ދަށުން އުޅަނދުތަކާމެދު ޢަމަލުކުރެވޭނެ ވާހަކަ އަންގާ އިޢުލާނުކުރީމެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިކޯޕަރޭޝަނުގެ ހޮޓްލައިން 1516 އަށް ގުޅުއްވައި ނުވަތަ އަދި މިކޯޕަރޭޝަނުގެ ފިކްސްޑް އެސެޓް ޔުނިޓްއަށް [email protected] އީމެއިލް ކޮށްލައްވާ މައުލޫމާތު ސާފުކުރެވޭނެ ކަމުގައި ދަންނަވަމެވެ.
05 އޯޖަސްޓް 2026މ.
22 ޞަފަރު 1448ޙ.